- Advertisement -ad image

10,000 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު މިއަދު އައު ރެކޯޑެއް!

ad image

ގުޅުންހުރި ލިޔުންތައް

10،000 ވުރެ ގިނަ ފަތުރުވެރިންނާއެކު އެއް ދުވަސްތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައުމުގެ ރެކޯޑް މުގުރާލެވިއްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިއަދަކީ ޓޫރިޒަމްގެ އާ ރެކޯޑެއް ކަން އިއުލާންކުރައްވައި ޓޫރިޒަމް މިނިސްޓަރު “އެކްސް”ގައި ކުރެއްވި ޕޯސްޓްގައި ވަނީ ރާއްޖޭގެ ތާރީހުގައި ލިޔެވިގެން ދިޔަ މި ދުވަހާ ގުޅިގެން، ރާއްޖެއަށް ޓޫރިސްޓުން ގެނައުމުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް މަރުހަބާ ވިދާޅުވެފަ އެވެ.

މިނިސްޓަރު ފައިސަލް އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ރާއްޖެއަށް 10،213 ފަތުރުވެރިން އަންނާނެ ކަމަށެެވެ.

މިދިޔަ ހޮނިހިރުދުވަހު ވެސް ގާތްގަނޑަކަށް ނުވަހާހެއްހާ ޓޫރިސްޓުން ރާއްޖެ އަ އެވެ. ވޭތުވެދިޔަ ދެ ހަފުތާގެ ކުރިން، އެންމެ ގިނައިން އެެއްފަހަރާ އައީ 8،000 ޓޫރިސްޓުންނެވެ.

“މި ހިތްގައިމު ކާމިޔާބީއަށް ޓަކައި އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.” މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެ އަށް މި ވަގުތު އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ