- Advertisement -ad image

6000 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ޓީއެމްއޭއަށް މިއަދަކީ އަހަރުގެ އެންމެ ބިޒީ ދުވަސް!

ad image

ގުޅުންހުރި ލިޔުންތައް

މިއަދަކީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް މިއަހަރުގައި ވެސް އައި އެންމެ ބާރުބޮޑު ދުވަސްކަމަށް އޭވިއޭޓަރސް މޯލްޑިވްސް އިން ބުނެފި އެވެ.

މީސްމީޑިޔާގައި މިއަދު ކުރި ޕޯސްޓެއްގައި އޭވިއޭޓަރސްއިން ވަނީ މިއަދު އެކަނިވެސް ޓީއެމްއޭ އިން 6000 ގިނަ ފަތުރުވެރިން ދަތުރުކުރާނެކަމަށް ބުނެފަ އެވެ. 

ރާއްޖެއަށް ފަތުރުވެރިން އާދަޔާ ހިލާފަށް ގިނަވެފައިވާ މި ދުވަސްކޮޅު އާދިއްތަ ދުވަހު އެކަނިވެސް ރާއްޖެއަށް ވަނީ 10،000 ފަތުރުވެރިން އައިސްފަ އެވެ. އަދި އެއީ އާ ރެކޯޑެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓީއެމްއޭ އިން މީގެކުރިން ދުވާލަކު 400 އަށް ވުރެ ގިނަ ދަތުރުކުރެ އެވެ. ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ 90 އަށް ވުރެ ގިނަ ރިސޯޓުތަކަށް މި އެއާލައިންގެ ދަތުރުތައް ކުރެ އެވެ.

ޓީއެމްއޭއަށް މިދިޔަ އަހަރުވަނީ ދުނިޔޭގެ ލީޑިން ސީޕްލޭން އޮޕަރޭޓަރުގެ އެވޯޑުވެސް ލިބިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ