ޗައިނާގެ މަޝްހޫރު އެއާލައިނެއް ކަމަށްވާ ޒިއާމެން އެއާލައިންސް އިން ޗައިނާގެ އާ އަހަރުގެ މުނާސަބަތުގައި ރާއްޖެއަށް ހާއްސަ ދަތުރުތަކެއް ކުރަން ނިންމައިފި އެވެ.
އެ އެއާލައިނުން ދަތުރުކުރާނީ ޗައިނާގެ ފުޒޫ އިން ސީދާ ރާއްޖެ އަށެވެ. އަދި އެ އާލައިނުން ލިމިޓެޑް ސާވިސް ފްލައިޓްތައް އޮޕަރޭޓް ކުރާނެ އެވެ. މި ނޮން ސްޓޮޕް ފްލައިޓްތައް އޮޕަރޭޓް ކުރާނީ އެންމެ ޒަމާނީ ބޮއިން 787-8 ޑްރީމްލައިނާގަ އެވެ.
ޒއާމެން އެއާލައިންގެ ދަތުރުތަކާއެކު ފެބްރުއަރީ މަހުގެ 14، 18 އަދި 22 ވަނަ ދުވަހު ދަތުރުކުރުމުގައި ލުއި ގޮތްތަކެއް ދަތުރުވެރިންނަށް ލިބޭނެ ކަމަށް އޭވިއޭޓާސް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައިގައި އޮތް ޗައިނާއަށް ޒިއާމެންގެ ޗާޓަރު ފްލައިޓްތަކުގެ ސަބަބުން އިތުރު ފަތުރުވެރިން ރާއްޖެ އައުމުގެ ފުުރުސަތު ފަހިވެގެން ދާނެ އެވެ.