- Advertisement -ad image

މަންޓާ އެއާއިން ދ. އަތޮޅުން ބެންގަލޫރަށް ސީދާ ދަތުރުތައް ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

މަންޓާ އެއާއިން ދ. ކުޑަހުވަދޫ އެއާޕޯޓުން އިންޑިއާގެ ބެންގަލޫރަށް ސީދާ ދަތުރުތައް ފަށައިފި އެވެ.

ބެންގަލޫރުން ފުރި ފުރަތަމަ ފްލައިޓް ކުޑަހުވަދޫ އެއާޕޯޓަށް ޖައްސާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ.

މަންޓާ އެއާއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ ސީދާ ދަތުރުތައް ފެށުމުން އިންޑިއާގެ ޓޫރިސްޓުންނަށް މައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓްރާންސިޓްކޮށް ދ. އަތޮޅުގައި ހުރި ގިނަ ލަގްޒަރީ ރިސޯޓްތަކަށް ސީދާ ވަނުމުގެ އުނދަގޫތަކާއި އިތުރު ޚަރަދުތަކުން ސަލާމަތްވެވޭނެ ކަމަށެވެ.

މަންޓާ އެއާގެ ސީއީއޯ މުހައްމަދު ޚަލީލް މީގެ ކުރިން ވިދާޅުވެފައިވަނީ ދ. އަތޮޅާއި ބެންގަލޫރާ ދެމެދު ސީދާ ދަތުރުތައް ފެށުމަކީ ރާއްޖޭގެ އެތެރޭގެ އަދި ސީޕްލޭން ކެރިއަރުގެ ގޮތުގައި އޮތް މަންޓާ އެއާލައިނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަަމަށެވެ.

މަންޓާ އެއާގެ ދަތުރުތައް ފެށީ އެތެރޭގެ އެއާލައިނެއްގެ ގޮތުގައި 2019 ވަނަ އަހަރުގަ އެވެ. ދ އަތޮޅާއި ބެންގަލޫރާ ދެމެދު ކުރާ ސީދާ ދަތުރުތައް ވެގެންޑާނީ އެ އެއާލައިނުން ބޭރު ގައުމަކަށް ދަތުރު ކުރާ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ