- Advertisement -ad image

ފޭސް 1ގައި ޤާއިމުކުރި ވަގުތީ މަސްމާރުކޭޓު ހިންގާނެ ފަރާތެއް ހޯދަނީ

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ފޭސް 1ގައި ޤާއިމްކޮށްފައިވާ ވަގުތީ މަސްމާރުކޭޓު ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ހައުސިންޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުވާލައިފި އެވެ.

އެ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ވަނީ ވަގުތީ މަސްމާރުކޭޓު ކުއްޔަށް ހިފާނެ ފަރާތެއް ކަނޑައަޅާނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތަކުން ކަމަށެވެ.

އަދި މިކަމަށް އެދޭ ފަރާތްތަކުން 3 މާރޗް 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:30 އިން 11:00 ދެމެދު ފޯމު ހުށަހެޅުމަށް އެޗްޑީސީ އިން ވަނީ އެދިފަ އެވެ. އަދި ގުރުއަތު ނެގުން އޮންނާނީ ހަމަ އެދުވަހު ފޯމު ބަލައިގަންނަން ހަމަޖެހިފައިވާ އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުގައި ކަމަށްވެސްއެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

އެޗްޑީސީ އިން ކުއްޔަށް ދޫކުރަން ހުޅުވާލި ވަގުތީ މަސްމާރުކޭޓުގެ ބޮޑުމިނަކީ 221 އަކަމީޓަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ