- Advertisement -ad image

ރަމަޝާން މަހު ބީއެމްއެލް ހުޅުވާނީ 09:30 އިން 12:00 އަށް

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރުގެ ރަމަޟާންމަހާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވާފައި ހުންނާނީ ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:00 އަށްކަމަށް އެބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ، ރަމަޟާންމަހުގެ ފަހު ދިހައެއްގައި ބޭންކު ހުޅުވައިގެން ހިދުމަތްދޭން ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށްކަމަށެވެ.
ރަމަޝާން މަހު ވަކި ގަޑިތަކެއްގައި ބޭންކު ހުޅުވައިގެން ވަކި ހިދުމަތްތަކެއް ދިންކަމުގައި ވީނަމަވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ބީއެމްއެލްގެ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެކަމަށް އެބޭންކުން ބުނެއެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައްވެސް މި ރަމަޟާންމަހު ކަސްޓަމަރުންނަށް ލިބޭނެކަމަށާއި، ކަސްޓަމަރުންނަށް ބޭންކުގެ ކޮންޓެކްޓް ސެންޓަރ މެދުވެރިކޮށް ނުވަތަ އާޔާ އަދި ފޭސްބުކް މެސެންޖަރ އިން ލައިވް އޭޖަންޓަކާ ވާހަކަ ދައްކައިގެން ހިދުމަތް ހޯދޭނެކަމަށް ބޭންކުން މައުލޫމާތު ދެއެވެ.އަދި ބީއެމްއެލް މޯބައިލް އެޕް، ވަޓްސްއެޕް، ވައިބަރ އަދި ބޭންކުގެ ވެބްސައިޓް މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް ބޭންކުގެ ހިދުމަތް ހޯދޭނެކަމަށެވެ.

ބޭންކުން ކަސްޓަމަރުންގެ ކިބައިން އެދެނީ ބީއެމްއެލް އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިންގ ހިދުމަތްތައް ހޯދުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ