- Advertisement -ad image

ފުރަތަމަ ފަހަރަށް އެއް މަހުން ދެލައްކަ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ދެވަނަ މަސް ނިމެން ކައިރިވިއިރު ރާއްޖެއަށް މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު ތިންް ލައްކައިން މައްޗަށް އަރާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި ދެމަހު ރާއްޖެއަށް 390،000 ޓޫރިސްޓުން އައިސްފައިވެއެވެ. އެއީ ޖެނުއަރީ މަހުގައި އައި 192،000 ފަތުރުވެރިންނާއި، ފެބްރުއަރީ މަހުގެ މިހާތަނަށް އައި 177،000 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރަށް ވުރެ 15 ޕަސެންޓުގެ އިތުރުވުމެކެވެ.

މިމަހުގައި ވެސް ޜާއްޖެއަށް އެންމެ ގިނައިން އައިސްފައިވަނީ ޗައިނާގެ ފަތުރުވެރިންނެވެ. އެގޮތުން ޗައިނާއިން 52،000 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ދެވަނައަށް އޮތް ރަޝިޔާއިން ވަނީ ރާއްޖެއަށް 37،800 ޓޫރިސްޓުން އައިސްފަ އެވެ. އަދި ތިންވަނައިގަ އޮތް އިޓަލީއިން ރާާއްޖެ އައިސްފައިވަނީ 37،300 ފަތުރުވެރިންނެވެ.

މި އަހަރުގެ ބަޖެޓު ފޮތުގައިވާ ގޮތުން ދެ މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ