- Advertisement -ad image

ޗައިނާ އީސްޓަން އެއަރލައިންގެ ސީދާ ދަތުރުތައް ރާއްޖެއަށް

ad image

ގުޅުންހުރި ލިޔުންތައް

ޗައިނާގެ އެންމެ ބޮޑު އެއް އެއަރލައިންކަމަށްވާ ޗައިނާ އީސްޓަން އެއަރލައިންގެ ސީދާ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ.

ޗައިނާ އީސްޓަން އެއަރލައިން އިން ރާއްޖެއަށް ކުރި ފުރަތަމަ ދަތުރަށް މަރުހަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ވަނި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ވަންގ ލިޒިންއާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި ޗައިނާ އީސްޓަން އެއަރލައިންގެ މަތިންދާބޯޓަށް މަރުހަބާ ކިޔުމުގެ ގޮތުން ބޯޓު ޖެއްސި ވަގުތު ވަނީ ވޯޓަރ ސެލިއުޓެއް އަރުވާފައެވެ.

ކޯވިޑް-19ގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައިގަ އޮތީ ޗައިނާއެވެ. އަދި ކޮވިޑާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް ކުރާ ސީޑާ ދަތުރުތައް ހުއްޓާލުމާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަރަށް ބޮޑަށް ދަށްވިއެވެ.

އެހެންނަމަވެސް ރާއްޖެއަށް ޗައިނާ ފްލައިޓްތަކުގެ ސީދާ ދަތުރުތައް ފެށުމާއެކު އަނެއްކާވެސް އެ ޤައުމުވަނީ މާކެޓްގެ އެއްވަނައިން ޖާގަ ހޯދާފަ އެވެ. މިއަހަރު ގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒޔާރަތްކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ