- Advertisement -ad image

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައިން މައްޗަށް!

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު 400،000 އިން މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 2 އާ ހަމައަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 423،863 އަށް އަރަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 16.9 ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައީ 362،559 ޓޫރިސްޓުންނެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖަނަވަރީ ޖެނުއަރީ މަހުގެ ތެރޭގައި 192،385 ޓޫރިސްޓުން އައިސްފައިވާ އިރު، މިދިޔަ މަހުގެ ތެރޭގައި އައީ 217،394 ޓޫރިސްޓުންނެވެ. އަދި މި މަހުގެ 2 އާ ހަމައަށް އައިސްފައި ވަނީ 14،084 ޓޫރިސްޓުންނެވެ.

މިހާރު އެންމެ ގިނަ ޓޫރިސްޓުންނަށް ގަދަ 3 ގައުމަށް ބަލާ އިރު ޗައިނާ އެއްވަނައިގައި އޮތީ 54،719 ޓޫރިސްޓުންނާ އެކީގަ އެވެ.
ދެވަނައިގައި ރަޝިއާ އޮތީ 41،583 ޓޫރިސްޓުންނާ އެކީގަ އެވެ. އަދި އިޓަލީން 39،962 ޓޫރިސްޓުން އައިސްފައިވެ އެވެ.

އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމަށް ބަލާ ނަމަ ލިސްޓްގައި ދެން އިނގިރޭސިވިލާތް (37،942 ޓޫރިސްޓުން)، އިންޑިއާ (27،224 ޓޫރިސްޓުން)، ޖަރުމަން (26،831 ޓޫރިސްޓުން)، ފްރާންސް (17،231 ޓޫރިސްޓުން)، އެމެރިކާ (13،543 ޓޫރިސްޓުން)،
ޕޮލެންޑް (10،513 ޓޫރިސްޓުން) އަދި ސްވިޓްޒަލޭންޑް (9،398 ޓޫރިސްޓުން) އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ މަދުވެގެން 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ