- Advertisement -ad image

އެކްސް ބޭނުންކުރާ މީހުންގެ އަތުން ޓުވީޓްތަކަށް ލައިކް އަދި ރިޕްލައި ކުރާއިރު ފީއެއް ނަގަން ނިންމަނީ

ad image

ގުޅުންހުރި ލިޔުންތައް

“އެކްސް”ގެ ޕޯސްޓްތަކަށް މުއާމަލާތް ކުރުމުގެ ގޮތުން އަލަށް ބޭނުންކުރާ ހުރިހާ ފަރާތްތަކުން “ކުޑަ ފީއެއް” ނަގަން ފަށަން ވިސްނަމުންދާ ކަމަށް އީލޮން މަސްކް ވަނީ ވިދާޅުވެއްޖެއެވެ.

ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެރިޔާ، ވިދާޅުވީ އެ ޕްލެޓްފޯމްގައި ފޭކް ނުވަތަ ބޮޓް އެކައުންޓްތައް ހުއްޓުވުމަށް އޮތް ހަމައެކަނި ގޮތަކީ ޕޯސްޓް، ލައިކް އަދި ރިޕްލައި ކުރުމަށް އަލަށް ބޭނުންކުރާ މީހުންގެ އަތުން ފައިސާ ނެގުން ކަމަށެވެ.

މި ޚަބަރު ބޭނުންކުރާ ގިނަ ބަޔަކަށް ކަމުނުދާއިރު، އޭގެ ނަތީޖާއެއްގެ ގޮތުން މިފަދަ ބަދަލަކުން އެތައް މިލިއަން ބަޔަކު ޕްލެޓްފޯމާ ދުރަށް ދާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

މިދިޔަ އަހަރު އެކްސް އިން ނިއުޒީލެންޑާއި ފިލިޕީންސްގައި ޕައިލެޓް ސްކީމެއް ތައާރަފްކުރި އިރު، އެ ސްކީމްގައި އަލަށް ބޭނުންކުރާ ފަރާތްތަކުން މުހިންމު ފީޗާތައް ހޯދުމަށް އަހަރަކު އެއް ޑޮލަރުގެ ސަބްސްކްރިޕްޝަނެއް ދައްކަން ޖެހެ އެވެ.

އެ ކަމާމެދު އެހެން އެކައުންޓަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަސްކް ވިދާޅުވީ އެ ފީ އޮންނާނީ އަލަށް ބޭނުންކުރާ މީހަކު އެ ޕްލެޓްފޯމާ ގުޅޭތާ ފުރަތަމަ ތިން މަސް ދުވަހަށް ކަމަށެވެ.

ނަމަވެސް މި ބަދަލާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ