- Advertisement -ad image

މޯލްޑިވިއަންއިން ރާއްޖޭގެ ހުރިހާ މަންޒިލަކަށް ކުރާ ދަތުރުތަކުގެ އަގުހެޔޮކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޓިކެޓުތަކުގެ އަގު ހެޔޮކޮށްފިއެވެ. މޯލްޑިވިއަންގެ ޚިދުމަތް ދެމުން އަންނަ ހުރިހާ މަންޒިލަކަށް ކުރާ ދަތުރުތަކުގެ އަގުވަނީ ހެޔޮކޮށްފައެވެ.

މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އެވިއޭޝަން ސަރވިސްއިން ޢާއްމުކޮށްފައިވާ ޓިކެޓުތަކުގެ އަގުތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ހެޔޮވާނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މިހާރުވެސް ދަރަވަންދޫއާއި މަޑިވަރަށް އަގުތައް ހެޔޮކޮށްފައިވާނެކަމަށް އެކުންފުނިން ބުނެއެވެ.
މޯލްޑިވއަންގެ ފެއަރގާ ޓިކެޓް ވިއްކާ އަގުތައް:

ގަމަށް ފެއަރގައި 1222ރ އަށް
ފުވައްމުލަކަށް ފެއަރގައި 1155ރ އަށް
މާވަރުލަށް ފެއަރގައި 1133 އަށް
ފަރެސްމާތޮޑާއަށް ފެއަރގައި 1133ރ އަށް
ހޯރަފުއްޓަށް 1133ރ އަށް
ކާޑެއްދޫއަށް 1333ރ އަށް
ކޫއްޑޫއަށް 1111ރ އަށް
ކުޅުދުއްފުއްޓަށް 1111ރ އަށް
ހަނިމާދުއަށް 1111ރ އަށް
ތިމަރަފުއްޓަށް 1111ރ އަށް
ކައްދުއަށް 1055ރ އަށް
ފުނަދުއަށް 1055ރ އަށް
މާފަރަށް 999ރ އަށް
އިފުރަށް 999ރ އަށް
އައިލެންޑް އެވިއޭޝަނުން ބުނީ ފެއަރގެ އަގުތަކަށް މިގެނެވުނު ބަދަލާއެކު ދަތުރުފަތުރުކުރުމުގައި ޢާއްމުންނަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ. އަދި އެކުންފުނީގެ ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓު ނެގޭނެކަމަށް އެކުންފުނިން ބުނެއެވެ.

ޓިކެޓު ޔަޤީންކުރުމަށް ދުރާލާ ބުކިންގ ހެއްދުމަށް އެކުންފުނިން އެދެއެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ އަމާޒަކީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މަންޒިލަކަށްވެސް ރައްކާތެރިކަމާއި އިތުބާރާއެކު އޯގާތެރި ޚިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ