- Advertisement -ad image

މެލޭޝިއާ އެއާލައިންސްގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށަނީ

ad image

ގުޅުންހުރި ލިޔުންތައް

މެލޭޝިއާގެ ގައުމީ އެއާލައިން ކަމަށްވާ މެލޭޝިއަން އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމައި ޓިކެޓު ގަތުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދުނިޔޭގެ މަގުބޫލު ޓޫރިސްޓު މަންޒިލްތަކަށް މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، އެ އެއާލައިންތަކުގެ ސީދާ ދަތުރުތައް ކުރަން ނިންމި އާ ތިން މަންޒިލްގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.

އެ ގައުމުގެ ވެރިރަށް ކުއަލަލަމްޕޫރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގު 1,276ރ. ގައި އުޅޭއިރު ދެކޮޅު ޓިކެޓުގެ އަގު އުޅެނީ 2,820ރ. އެވެ.

އަންނަ އޯގަސްޓު މަހުން ފެށިގެން އެ އެއާލައިންގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމާފައިވާ އިރު، ކޮންމެ ދުވަހަކު ފްލައިޓެއް އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރާއްޖެ ވެގެންދާނީ ދެކުނު އޭޝިއާގައި އެ އެއާލައިން ދަތުރުކުރާނެ 13 ވަނަ މަންޒިލަށެވެ. އާ މާކެޓުތަކަށް ވިޔަފާރި ފުޅާކޮށް ކަސްޓަމަރުން އިތުރުކުރުމުގެ އަމާޒުގައި މެލޭޝިއާ އެއާލައިންސުން އަންނަނީ ގިނަ ކަންކަން ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ