- Advertisement -ad image

އަހަރުގެ މިހާތަަނަށް 5 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އަހަރުގެ މިހާތަަނަށް ރާއްޖެއަށް 558233 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުންނަމަ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 488371 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 14.3 އިންސައްތަ އިތުރު އަދަދެކެވެ.

އެ ވުޒާރާއިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި ހިނގާ މާރިޗް މަހު އެންމެ ގިނަ ފަތުރުވެރިން އައީ މިމަހު 23 އަދި 24 މި ދެދުވަހުގައެވެ.

އެގޮތުން ހޮނިހިރު ދުވަހު 8،462 ފަތުރުވެރިން ރާއްޖެ އައިސްފައިވާާއިރު، އާދީއްތަ ދުވަހު 8،301 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. އަދި މި ދެ ދުވަސް ތެރޭ ރާއްޖެއަށް ޖުމްލަ 16،763 ފަތުރުވެރިން އައިސްފައި ވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް މިމަހުގެ މިހާތަނަށްވެސް ވަނީ 148000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މާރޗުމަހުގެ މި މުއްދަތާއި އަޅާ ބަލާއިރު 7.6 އިންސައްތަ އިތުރު އަދަދެކެވެ.

އާދީއްތަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިންނެވެ. ޗައިނާއިން 63،647 ފަތުރުވެރިންނާއި ޒިޔާރަތްކުރިއިރު ދެވަނައަށް 58،038 ފަތުރުވެރިންނާއި އެކު ލިސްޓުގައި އޮތީ ރަޝިޔާއެވެ. އަދި ތިންވަނައިގައި އޮތް އިޓަލީން އައި ފަތުރުވެރިންގެ އަދަދު 53،249 އަށް އަރައެވެ. އަދި ޔޫކޭ، ޖަރުމަނުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވެސް އުޅެނީ ސާޅީސް ހާހުން މަތީގައެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް 5 ލަައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެސް ފަތުރުވެރިކަމުގެ އައު ރެކޯޑެއް ގާއިމްކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ