- Advertisement -ad image

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ޝަރަފުވެރި ހަތަރު އެވޯޑެއް ރާއްޖެއަށް

ad image

ގުޅުންހުރި ލިޔުންތައް

ވޯލްޑް ޓްރެވަލް އެވޯޑްސް (އިންޑިއަން އޯޝަން ކެޓަގަރީ)ން، އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ރާއްޖެ ޝަރަފުވެރި 4 ކެޓަގަރީއަކުން އެވޯޑެއް ހޯދައިފިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން މިއަދު ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި މިއަދު ބޭއްވި މި ހަފްލާގައި ރާއްޖެ އަށް ވަނީ އިންޑިއަން އޯޝަންސް ކެޓަގަރީގެ ލީޑިން ޑެސްޓިނޭޝަނާއި ލީޑިން ހަނީމޫން ޑެސްޓިނޭޝަނާއި ލީޑިން ގްރީން ޑެސްޓިނޭޝަނާއި ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑު ލިބިފަ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ 1993 ވަނަ އަހަރުންފެށިގެން ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރުގެ ދާއިރާގައި އެންމެ މަޤްބޫލުކަން ހޯދައިފައިވާ އެވޯޑެކެވެ.

މިދިޔަ އަހަރު ރާއްޖެއަށް ވަނީ ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ވެސް ލިބިފަ އެވެ. އެ އެވޯޑު ޖެހި ޖެހިގެން ހަތަރު ފަހަރު ރާއްޖެއަށް ލިބިފައިވެ އެވެ. ވޭތުވެދިޔަ އަހަރުތަކުގައި ވެސް ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެންމެ ޝަރަފުވެރި ގިނަ އެވޯޑުތަކެއް ރާއްޖެއިން ހާސިލުކޮށްފައިވެ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް ވިނާސް ހަބްގައި ބޭއްވި މި ހަރަކާތުގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް “އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2024” ގެ އެވޯޑާއި ހަވާލުވެލައްވާފައިވާއިރު، “އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2024” ގެ އެވޯޑާ ރާއްޖޭގެ ފަރާތުން ހަވާލުވެލައްވާފައިވަނީ އެމްއެމްޕީއާރްސީ ބޯޑުގެ ޗެއަރޕަރސަން، އައިޝާ ނޫރައިން ޖަނާޙެވެ.

އަދި  އެމްއެމްޕީއާރްސީގެ ސީއީއޯ ފާޠިމަތު ތައުފީޤް “އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2024” ގެ އެވޯޑާއި ހަވާލުވެވަޑައިގެންނެވިއިރު، “އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2024” ގެ އެވޯޑްއާއި ހަވާލުވެލެއްވީ ޓޫރިޒަމް ޑިވެލޮޕްމަންޓާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފައިވާ އެޑްވައިޒަރު މުހައްމަދު ޚަލީލް އެވެ.

އަދު ފެށި އޭޓީއެމް ފެއާގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް 123 ދަތުރުފަތުރާއި ޓޫރިޒަމް ދާއިރާގެ ފަރާތްތައް އަދި 253 މަންދޫބުން ބައިވެރިވެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ