މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސްގެ ޕާޓްނަޝިޕް އާކުރަން ނިންމައި، ތިން ވަނަ ފަހަރަށް ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށ، އެކަން އިއުލާންކޮށްފައިވަނީ 15 މެއި 2024 ވާ ބުދަ ދުވަހު އެވެ.
މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޒުވާން އަދި ކުރިއަރަމުން އަންނަ ހުނަރުވެރިންނަށް، އުނގެނުމުގެ ތިއަރީ ހަރުދަނާ ކުރުމަށް ޓަކައި ފަރުމާކުރެވިފައިވާ ހޭންޑްސް އޮން އެކްސްޕީރިއަންސާއި ޕްރެކްޓިކަލް އެކްސްޕޯޒަރ މެދުވެރިކޮށް ހުނަރުތައް ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ.
ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް އިން ވަނީ އެމްއެންޔޫގެ ދަރިވަރުންނަށް އިންޓާންޝިޕާއި ތަމްރީނު ޕްރޮގްރާމްތަކާއި އެހެނިހެން ގުޅިގެން ކުރާ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް ބުނެފައެވެ.
ހޮލިޑޭ އިން ރިސޯޓުގެ ޖެނެރަލް މެނޭޖަރު މާކް އެލެޓްރް ވިދާޅުވީ ހޮސްޕިޓާލިޓީ ދާއިރާއަށް ޝައުގުވެރިވާ ތާޒާ، ހުނަރުވެރި ފަރާތްތަކަށް އަމާޒުކޮށް ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ އެކު ޕާޓްނާޝިޕް ކުރިއަށް ގެންދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މިހާރު ފަސް އަހަރު ފުރިފައިވާ މި ޕާޓްނާޝިޕަކީ މުސްތަގުބަލުގައި މި ސިނާއަތުގައި ހަރަކާތްތެރިވާ ލީޑަރުން ތަރުބިއްޔަތުކޮށް، ސާވިސް އެކްސެލެންސްގެ އެންމެ ކުރީ ސަފުގައި ދެމިތިބުމުގެ ވިސްނުމާ ގުޅިފައިވާ ޕާޓްނާޝިޕެއްގެ ގޮތުގައި މާކްވަނީ ސިފަކުރައްވާފަ އެވެ.