test
- Advertisement -ad image

ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބޭނުންކުރެވޭގޮތައް އުރީދޫއިން “ސައުދީ ޕާސްޕޯޓު”ގެ ނަމުގައި ރޯމިންގ ސިމެއް ތައާރަފުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބޭނުންކުރެވޭގޮތައް އުރީދޫއިން “ސައުދީ ޕާސްޕޯޓު”ގެ ނަމުގައި ރޯމިންގ ސިމެއް ތައާރަފުކޮށްފިއެވެ.

“އުރީދޫ މޯލްޑިވްސްގެ ސަޢޫދީ ޕާސްޕޯޓް ޓްރެވަލް ސިމް ތަޢާރަފްކުރުމަކީ ޙައްޖުވެރިންނަށް ލުއިފަސޭހަކަމާއެކު ސައުދީ އަރަބިޔާގައި ހުރެގެން ރާއްޖެއަށް ގުޅާލުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މި މަސައްކަތުގެ ސަބަބުން ޙައްޖުގެ ބަރަކާތްތެރި އަޅުކަމުގައި އުޅޭ ފަރާތްތަކަށް މުވާސަލާތު ކުރުން ފަސޭހަވެ، މުޖުތަމަޢުގެ ބޭނުންތައް ފުއްދައިދިނުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް އުރީދޫއިން ކުރާ މަސައްކަތުގެ މިސާލުވެސް ފެނިގެންދެއެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން އިސްނަގައިގެން ރައްޔިތުންނަށް ބޭނުންވާ މިފަދަ ޚިދުމަތްތައް ފޯރުކޮށްދޭ ކަމަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަން.” ޑރ. ޝަހީމް ވިދާޅުވިއެވެ.

މި ސިމް މި ޙައްޖު މޫސުމުގައި ސައުދީގައި ބޭނުންކުރެވޭނެއެވެ. މި ސިމްގެ އަގަކީ 1 ހާސް ރުފިޔާއެވެ. މި ސިމް ސައުދީއަށް ފުރުމުގެ ކުރިން އުރީދޫއިން ގަނެވޭނެއެވެ. އަދި ސައުދީ އެއާރޕޯޓަށް ފައިބާފަ ސިމް ލެއްވުމުން އިންޓަރނެޓްގެ ޚިދުމަތް ލިބޭނެއެވެ. މިއީ އުމްރާއަށް ދާމީހުންނާއި ހައްޖުވެރިންގެ ފަސޭހައަށް އުރީދޫއިން ތަޢާރަފްކުރި ޚިދުމަތެކެވެ.

މި ސިމުގައި 15 ޖީބީ ޑޭޓާ، 60 މިނެޓުގެ ކޯލުކުރުމާއި ލިބުން އަދި 60 އެސް.އެމް.އެސް ރޯމިންގގައި ބޭނުންކުރެވޭ ގޮތަށް ބަންޑްލް ކުރެވިފައިވާ ސިމެކެވެ. މީގެ އިތުރަށް ބޭނުން ކުރެވޭ ޑޭޓާއަށް ނަގާނީ އެމް.ބީއަކަށް 0.99ރ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ