test
- Advertisement -ad image

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާ ޑީސަލްގެ އަގު ހެޔޮކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އެސްޓީއޯއިން ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ކުޑަ ކޮށްފި އެވެ.

ކުންފުނިން ތެލުގެ އަގަށް ގެނައި މި ބަދަލާއެކު ދެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 13.98ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 13.92ރ. އަށެވެ. މި އަގުތަކުގައި ތެޔޮ ވިއްކާނީ ހަމައެކަނި އެ ކުންފުނީގެ ދަށުން ހިންގާ ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުންނެވެ.

މި ބަދަލު ގެނައުމުގެ ކުރިން އެފްއެސްއެމްގެ ޝެޑުތަކުން ޕެޓްރޯލް ވިއްކަމުން ދިޔައީ ޑީސަލް 14.62ރ. އަށް، އަދި ޕެޓްރޯލް 14.33ރ. އަށެވެ.

އެސްޓީއޯއިން ތެލުގެ އަގުހެޔޮކޮށްފައި މިވަނީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގުހެޔޮ ވެފައިވާތީ ކަމަށް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ