މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) އިން ދޭ މި އެވޯޑު މިއަހަރުވެސް ގެސްޓްހައުސް އާއި ގާލާ ސެގްމަންޓުން ދިނުމަށް ހަމަޖެހިފައިވެއެވެ.
އެގޮތުން މިއަހަރު ގެސްޓްހައުސް ދާއިރާއިން 9 އެވޯޑެއް ދޭއިރު، ގާލާއިން 21 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ގެސްޓްހައުސް ދާއިރާއިން އެވޯޑުދެނީ:
1- ލީޑިން ކަލިނަރީ ގެސްޓްހައުސް
2- ލީޑިން ފެމިލީ ގެސްޓްހައުސް
3- ލީޑިންގ ގެސްޓްހައުސް (ސައުތު)
4- ލީޑިން ގެސްޓްހައުސް (ނޯތު)
5- ލީޑިންގ ގެސްޓްހައުސް (ސެންޓްރަލް)
6- ލީޑިންގ ގެސްޓްހައުސް (މާލެ އޭރިއާ)
7- ލީޑިން ގެސްޓްހައުސް އައިލެންޑް
8- ލީޑިންގް ޓްރާންސްޕޯޓް ސަރވިސް ޕްރޮވައިޑަރ
9- ލީޑިންގ ޑައިވިންގ އެންޑް ވޯޓަރސްޕޯޓްސް ސެންޓަރ، ގެސްޓްހައުސް އެޑިޝަން
އަދި ލީޑިން ދާއިރާއިން އެވޯޑުދެނީ:
1- ލީޑިން ބީޗް ރިސޯޓް
2- ލީޑިން ޑައިވް ރިސޯޓް
3- ލީޑިންގ ލިވްއަބޯޑް
4- ލީޑިން ލަގްޒަރީ ރިސޯޓް
5- ލީޑިން އޯލް އިންކްލޫސިވް ރިސޯޓް
6- ލީޑިން ބިޒްނަސް ހޮޓަލް
7- ލީޑިންގ ސީއެސްއާރު ޕްރޮގްރާމް
8- ލީޑިން މައިސް ރިސޯޓް
9- ލީޑިން ސަރފް ރިސޯޓް
10- ލީޑިންގ ސަސްޓެއިނަބިލިޓީ ރިސޯޓް
11- ލީޑިން ވޯޓާސްޕޯޓްސް ރިސޯޓް
12- ލީޑިން ވެލްނެސް އެންޑް ސްޕާ ރިސޯޓް
13- ލީޑިން ކަލިނަރީ ރިސޯޓް
14- ލީޑިން ވިލާ ރިސޯޓް
15- ލީޑިން ފެމިލީ ރިސޯޓް
16- މޯސްޓް ރޮމޭންޓިކް ރިސޯޓް
17- ލީޑިންގ ޑޮމެސްޓިކް އެއާލައިން
18- ލީޑިން އިންޓަނޭޝަނަލް ކެރިއަރ
19- ލީޑިންގ ސީ ޓްރާންސްޕޯޓް ސާވިސް ޕްރޮވައިޑަރ
20- މޯސްޓް އިމްޕްރެސިވް ރެސްޓޯރެންޓް
21- ބެސްޓް ވަރކްޕްލޭސް
ޓްރެވަލް އެވޯޑްސްއަށް ނަން ހުށަހެޅުމުގެ ފުރުސަތު 31 ޖުލައިގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި އޭގެފަހުން ވޯޓްލުމުގެ ފުރުޞަތު ހުޅުވާލެވޭނެކަމަށް ބުނެފައިވެއެވެ.
މަޓާޓޯއިން މޯލްޑިވްސް ޓްރެވަލް އެވޯޑްސް ތައާރަފްކުރީ 2012 ވަނަ އަހަރުއެވެ. ރާާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި އެންމެ މަޤްބޫލް މި އެވޯޑު މަޓާޓޯއިން މި އަހަރު ގެނެސްދެނީ ކޯވިޑް-19 ގެ ސަބަބުން ދިގު މެދު ކެނޑުމަކަށް ފަހުގައެވެ.
މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2024 ބާއްވަން ރާވާފައިވަނީ މި އަހަރުގެ ފަހުކޮޅުގައެވެ.