ލުއި ލޯނު އަދި ޕާރސަނަލް ފައިނޭސިންގްއަށް ހުށަހަޅައިގެން 3 ގައުމު ހިމެނޭ ގޮތަށް ޗުއްޓީ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ބެންކް އޮފް މޯލްޑިވްސްއިން ފަށައިފިއެވެ. ބީއެމްއެލްގެ މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ މިއަދުން ފެށިގެން ޖޫން މަހުގެ 30 ގެ ނިޔަލަށެވެ.
އެގޮތުން ޕްރޮމޯޝަންގައި ބައިވެރިވެވޭ ލޯންތަކަކީ، ބީއެމްއެލް ލުއި އެކްސްޕްރެސް، ބީއެމްއެލް ލުއި މައިކްރޯ، ބީއެމްއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިން، ބީއެމްއެލް ވެހިކަލް ލޯން އަދި ބީއެމްއެލް އިސްލާމިކް ވެހިކަލް ފައިނެންސިން އެވެ. އަދި މި ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކު ނަސީބުވެރިއަކު ހޮވާ 10،000 ރުފިޔާގެ ގިފްޓް ކާރޑެއްވެސް ދޭގޮތަށް ހަމަޖައްސާފައިވެއެވެ.
މި ޕްރޮމޯޝަންގެ ގްރޭންޑް ވިނަރއަށް ޔޫއޭއީ، އިޖްޕްޓް އަދި ޖޯރޑަން އިތުރު މީހަކާއެކު ބަލާލަން ދިއުމުގެ ފުރުސަތު ލިބެއެވެ. އެގޮތުން މި ދަތުރުގައި ދެކޮޅު ޓިކެޓާއި އެކޮމޮޑޭޝަން 9 ރެއާ 10 ދުވަހަށް ދޭ ގޮތަށް ބީއެމްއެލް އިން ނޮންމާފައިވެއެވެ.