- Advertisement -ad image

އެޕްރީލްމަހު ދައުލަތަށް 362 މިލިއަން ރުފިޔާ ލިބިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ އެޕްރީލްމަހު ދައުލަތަށް 362 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ކަސްޓަމްސް އިން ބުނީ 2021 ވަނަ އަހަރުގެ އެޕްރީލް މަހު ދައުލަތަށް ލިބިފައިވަނީ 265 މިލިއަން ރުފިޔާއެވެ.

ފާއިތުވި އެޕްރީލްމަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފް އަގު 2021 ވަނަ އަހަރުގެ އެޕްރީލް މަހާއި އަޅާ ބަލާއިރު 63 އިންސައްތަ ވަނީ އިތުތުވެފައެވެ. 2021 ވަނަ އަހަރުގެ އެޕްރީލް މަހު ދިވެހިރާއްޖެއަށް 2.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރު އެޕްރީލް މަހު މި އަދަދު ވަނީ 4.7 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ

އެންމެ ގިނަ މުދާ އެޕްރީލް މަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޔޫއޭއީ، މެލޭޝިޔާ އަދި ޗައިނާ އިންނެވެ. 

އޮމާނުން ރާއްޖެއަށް 30 އިންސައްތަ މުދާ އެތެރެކޮށްފައިވާއިރު ޔޫ.އޭ.އީއިން އެތެރެ ކުރި މުދަލުގެ އިންސައްތަ އަކީ 11 އެވެ. ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ 14 އިންސައްތަ ހިއްސާ ކުރަނީ އިންޑިއާއިންނެވެ..

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ