- Advertisement -ad image

ރަޝިޔާގައި ހުރި މެކްޑޮނަލްޑްސްގެ އައުޓްލެޓްތައް ވިއްކާލަނީ

ad image

ގުޅުންހުރި ލިޔުންތައް

ރަޝިޔާގައި ހުރި މެކްޑޮނަލްޑްސްގެ އައުޓްލެޓްތައް ވިއްކާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނޫސްތަކުން ބުނެފިއެވެ. އެގޮތުން 850 ރެސްޓޯރަންޓާއެކު 62،000 މުވަށްޒަފުން ހިމެނޭ ގޮތަށް ވިޔަފާރި ވިއްކާލުމަށް ނިންމާފައިވަނީ ރަޝިޔާއިން ޔޫކުރެއިންނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުންނެވެ.

ޝިގާކޯގެ ފާސް ފުޑް ޖައިންޓުން ވަނީ މާރޗްމަހުގެ ކުރީ ކޮޅު ރަޝިޔާގައި ހުރި މެކްޑޮނަލްޑްސްގެ ރެސްޓޯރަންޓްތައް ވަގުތީ ގޮތުން ބަންދުކޮށް ހިދުމަތް މެދުކަނޑާލާފައެވެ.

މެކްޑޮނަލްޑްސް އިން ހޯމަ ދުވަހު ބުނެފައިވަނީ ހުރިހާ ރެސްޓޯރަންޓްތަކާއި މުވަށްޒަފުންނާއި އެކު ގަންނާނެ ރަޝިޔާގެ ވިޔަފާރިވެރިއެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މެކްޑޮނަލްޑްސް އިން ވަނީ ޔޫކުރެއިންގައި ހުރި ރެސްޓޯރަންޓް ބަންދުކޮށްފައެވެ. ނަމަވެސް އެ ރެސްޓޯރަންޓްގައި މަސައްކަތް ކުރި ހުރިހާ މުވަށްޒަފުންނަށް ދަނީ އަދިވެސް ފުލް މުސާރަ ދެމުން ކަމަށް ބުނެފައިވެއެވެ.

މެކްޑޮނަލްޑްސްގެ އައުޓްލެޓްތައް 100 ގައުމެއްގެ 39000 ތަނެއްގައި ހަދާފައި އެބަހުއްޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ