މަޝްހޫރު އެޕަލް ކުންފުނިން ބޫސްޓް ޕްރޮޑަކްޓްސްތައް އުފެއްދުމަށް ޗައިނާ ނޫން ޤައުމެއް ހޯދުމަށް ނިންމައިފިއެވެ.
އެޕަލްއިން ބުނިގޮތުގައި މިގޮތަށް ނިންމަން ޖެހުނީ އެ ކުންފުނީގެ ކޮންޓްރެކްޓް މެނުފެކްޗަރުން ޗައިނާއިން ބޭރުގައި ވެސް އިތުރު އުފެއްދުންތަކަށް ޖާގަދޭން ބޭނުންވާތީ ކަމަށެވެ. އެގޮތުން އެޕަލްއިން ނިންމާފައިވަނީ އިންޑިޔާ އަދި ވިއެޓްނާމްގައި މި މަސައްކަތް ކުރުމަށެވެ.
ކޮވިޑް-19ގެ ސަބަބުން ޗައިނާއިން އުފައްދާ އެ ކުންފުނީގެ އުފެއްދުންތަކަށް އޮތް ޑިމާންޑް ވަނީ ދަށްވެފައެވެ. އަދި އެ ޤައުމުގައި އެޕަލްގެ ޕްރޮޑަކްޓްތައް އުފެއްދުން މަދުވެފައި ވާކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.