- Advertisement -ad image

ރާއްޖޭގެ ރިޒާވް މަދުވެ ލޯނު ނުދެއްކިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ރަޝިއާ-ޔުކްރެއިން ހަނގުރާމައިގެ ސަބަބުންނާއި ލޯނު ހޯދުމުގެ ދަތިކަމާ ބޮޑުވަމުން އަންނަ އިގްތިސާދީ މައްސަލަތަކުގެ ތެރޭގައި ރިޒާވް މަދުވެ ލޯނު ނުދެއްކިދާނެ ކަމުގެ ބިރު އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އެމެރިކާގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް، ޖޭޕީ މޯގަން އިން ބުނެފި އެވެ.

ޖޭޕީ މޯގަން އިން ކޮށްފައިވާ ދިރާސާގެ މައްޗަށް ނެރުނު ރިޕޯޓެއްގައިވާ ގޮތުން ރަޝިއާ އިން ޔުކްރޭނަށް އަރައި ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގްތިސޯދަށް ނޭދެވޭ އަސަރެއް ކުރާނެ އެވެ. އަދި މިކަމުގެ ސަބަބުން ބޭރުގެ ގައުމުތަކުން ދޫކުރާ ދަރަނީގެ އިންޓްރެސްޓް ރޭޓް މަދުވުމުގެ ބިރު އެބައޮތެވެ. މީގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ޖޭޕީ މޯގަން އިން ބުނެފައިވަނީ ދަރަނި މަތި ގައުމުތަކަށެވެ.

ޖޭޕީމޯގަން އިން ބުނެފައިވާ ގޮތުގައި ދަރަނި ނުދެއްކި ސްރީ ލަންކާ ޑިފޯލްޓަކަށް ގޮސްފައި ވާއިރު އެ ހާލަތަށް ދިއުން ދެން އެންމެ ކައިރި ކައިރި ގައުމުތަކަކީ ލުބުނާން، ސުރިނާމް، ވެނެޒުއޭލާ އަދި ޒެމްބިއާ އެވެ.

އެ ބޭންކުން ވަނީ ސްރީލަންކާ އަށް ވީގޮތަށް، ދަރަނި ޑިފޯލްޓްވުމުގެ ބިރު އޮތް ގައުމުތަކުގެ ލިސްޓެއް ވެސް އާއްމުކޮށްފަ އެވެ. އެ ބޭންކުން ދިރާސާކޮށް ބެލި ގައުމުތަކުގެ ތެރޭގައި 52 ގައުމަކަށް ދަރަނި ނުދެއްކުމުގެ މައްސަލަ ކުރިމަތިވެދާނެ ކަމަށް ބުނެފައިވެ އެވެ. އަދި އަށް ގައުމެއްގެ ރިޒާވް 2023 ވަނަ އަހަރު އަންނަންވާއިރަށް ހުސްވެ ދަރަނި ނުދެއްކުމުގެ މައްސަލައާ ކުރިމަތިވެދާނެ ކަމަށް ބުނެފައިވެ އެވެ.

ރާއްޖޭގެ ރިޒާވްގައި މާޗް މަހުގެ ނިޔަލަށް ހުރީ 865 މިލިއަން ޑޮލަރެވެ. އަދި އެ މުއްދަތާ ހަމައަށް ރާއްޖޭގެ ޖުމްލަ ދަަރަންޏަކީ 94 ބިލިއަން ރުފިޔާ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން ބަލާނަމަ 122 ޕަސެންޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ