- Advertisement -ad image

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ އިންޑިޔާއިން

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިޔާއިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުން ދައްކާގޮތުގައި މި އަހަރުގެ މެއި މަހާއި ހަމައަށް އިންޑިޔާއިން ރާއްޖެ 86،358 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. މި ލިސްޓްގެ ދެވަނައަށް ހިމެނޭ އިނގިރޭސިވިލާތުން ރާއްޖެއަށް 82،325 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ. ތިން ވަނައިގައި ހިމެނެނީ ރަޝިޔާ އެވެ.

ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން އިތުރުކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް
އެމްއެމްޕީއާރްސީން ސައުދީ އަރަބިޔާގައި ކުރިއަށް ދިޔަ މޯލްޑިވްސް ރޯޑް ޝޯވ ކާމިޔާބުކަމާއެކު ވަނީ ނިންމާލާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރިގޮތުގައި މިމަހުގެ 23 އިން 26 އަށް ކި ރޯޑް ޝޯވް ކުރިއަށް ގެންގޮސްފައިވަނީ ސައުދީގެ ރިއާދް އަދި ކުވައިތްގަ އެވެ. އަދި ރޯޑް ޝޯވްގައި ގައި ރާއްޖެ ޕްރޮމޯޓްކޮށް، ޓޫރިޒަމް އިންޑަސްޓްރީ އާއި ގުޅޭގޮތުން ވަނީ މައުލޫމާތު ފޯރުކޮށްދީފަ އެވެ.

މިައަހަރުގެ ރޯޑް ޝޯވްގެ ޓައިޓަލް އަކީ “ކަނެކްޓް ދަ މޯލްޑިވްސް… ދަ އަލްޓިމޭޓް ޑްރީމް ޑެސްޓިނޭޝަން” އެވެ.

މީގެއިތުރުން އެމްއެމްޕީއާރްސީން ވަނީ މިމަހުގެ 22 އިން 24އަށް ރިއާދްގައި ކުރިއަށް ގެންގޮސްފައިވަނީ ޓްރެވަލް ފެއާއެއްގައި ވެސބައިވެރިވެފަ އެވެ. މި ފެއާގައި ދުނިޔޭގެ އެކި ހިސާބުތަކުން ކުންފުނިތައް ބައިވެރިވެ އެ ޤައުމުތަކުގެ ޓޫރިޒަމް ޕްރޮމޯޓްކޮށްފަ އެވެ.

މި ފެއާގައި ރާއްޖެ ޕްރޮމޯޓްކޮށްފައި ވަނީ ފަތުރުވެރިންނަށް އެންމެ
ިއެކަށީގެންވާ މަންޒިލެއްގެ ގޮތުގައެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 680،846 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ. މިއަހަރު އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ މާރޗް މަހުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ