ޖުލައިމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުމެއި އަދި ޖޫންމަހުގެ ޖުމްލަ އަދަދަށްވުރެ އިތުރުވެއްޖެއެވެ. އެގޮތުން ޖުލައިމަހު އެކަނި 180،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކާފައިވެއެވެ.
ވަކިވަކި ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ބަލާއިރު، 188،317 ފަތުރުވެރިންނާއެކު އެންމެ ކުރީގައި ވަނީ ޗައިނާއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ 152،385 ފަތުރުވެރިންނާއެކު ރަޝިއާއެވެ. އަދި 120،937 ފަތުރުވެރިންނާއެކު ތިންވަނައިގައި ވަނީ އިނގިރޭސިވިލާތެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 73.1 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 22 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. މީގެއިތުރުން 2.7 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ހޮޓާތަކުގައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަހަރަށް އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް ފެންނަ ކުރިއެރުންތަކަށް ބަލާއިރު، މި އަމާޒަށް ވާސިލުވެވޭނެ ކަމަށް ބެލެވެއެވެ.



