ޔޫރިޕިއަން ޔޫނިއަންއިން ރަޝިޔާ އާއި މެދުގައި ފިޔަވަޅު އެޅުމަށް އެއްބަސްވުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެއްޖެ އެވެ.
އީޔޫއިން އިއްޔެ އެއްބަސްވެފައިވަނީ ރަޝިޔާއިން ތެޔޮ އެތެރެކުރުރުން ހުއްޓާލުމަށެވެ. ރަޝިޔާއާ މެދު މި ފިޔަވަޅު އަޅަން ނިންމާފައިވަނީ އެ ޤައުމުން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުންނެވެ.
މި ނިންމުމާައި ގުޅޭގޮތުން އީޔޫގެ ރައީސް ޗާލްސް މައިކަލް ވިދާޅުވީ މި ނިންމުމުގެ ސަބަބުން ޖި ވަގުތަށް ރަޝިޔާއިން 70 އިންސައްތަ ތެޔޮ އެތެރެކުރުން ހުއްޓުވޭނެ ކަމަށެވެ. އަދި މިއަހަރު ނިމެންވާއިރަށް ޔޫރަޕަށް ރަޝިޔާއިން 90 އިންސައްތަ ތެޔޮ އތެރެކުރުން ހުއްޓުވޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މިއީ ޔޫރަޕިއަން ކައުންސިލުން ރަޝިޔާ އާއި މެދުގައި އެޅި ހަވަނަ ފިޔަވަޅެވެ. އެހެންނަމަވެސް އެ ކައުންސިލުން ވަނީ ކުއްލި ހާލަތެއްގައި އެ ޤައުމުން ތެޔޮ އެތެރެކުރެވޭނެ ކަމަށް ބުނެފަ އެވެ. އަދި ރަޝިޔާއިން ސުލްހައިގެ ވާހަކަތައް ދެއްކުމަށް އެއް މޭޒެއް ދޮށަށް އައުމަށް އެ ކައުންސިލުން ވަނީ ގޮވާލާފަ އެވެ.