- Advertisement -ad image

މިފްކޯއިން ވިއްކާ މަސްދަޅުގެ އަގު ބޮޑުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މަސްދަޅު އުފެއްދުމަށް ބޭރުން ގެންނަންޖެހޭ ތަކެތީގެ އަގުތަައް އުފުލިފައިވާތީ މިފްކޯއިން ވިއްކާ މަސްދަޅުގެ އަގުތައް ބޮޑުކޮށްފިއެވެ.

ރަމަޟާންމަހުގެ ކުރިންވެސް މިފްކޯއިންވަނީ މަސްދަޅުގެ އަގުތައް ބޮޑުކުރަން އުޅޭކަން ހާމަކޮށްފައެވެ.

މިފްކޯއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން މަސްވެރިންގެއަތުން މަސް ގަންނައަގު މާރޗުމަހުގެ 1ވަނަދުވަހުން ފެށިގެން ކިލޯއަކުން 16ރ އިން 17ރ އަށް ބޮޑުކުރި ކަމަށެވެ. އަދި ދުނިޔޭގެ މަސްރަހަށް އައިސްފައިވާ ބަދަލުތަކާއެކު ދަޅު އުފައްދަން ބޭނުންކުރާ ޕެކިންގ މެޓީރިއަލްގެ އަގުތައް ބައިނަލްއަގްވާމީ ބާޒާރުގައި ވަނީ ބޮޑުވެފައިކަމަށެވެ. 

ދަޅަށް އަޅާ ތެލުގެ އަގު ދެގުނައަށްވުރެ ބޮޑުވެފައިވާއިރު ދަޅު އުފައްދަން ބޭނުންކުރާ ޓިންފްރީސްޓީލްގެ އަގުވެސް ވަނީ އުފުލިފަެި ކަމަށާއި މީގެއިތުރުން، ކުންފުނީގެ ޚަރަދުގެ ބޮޑު ބައެއް ހިއްސާކުރާ ޑީސަލްގެ އަގު މިހާރު 50 އިންސައްތައަށްވުރެ އިތުރުވެ ތަކެތީގެ އިމްޕޯޓް ފްރެއިޓު ޚަރަދުވެސް ވަނީ އުފުލިފައިކަން އެކުންފުނިން ފާހަގަކޮށްފައިވެއެވެ.

އެގޮތުން މިހާރު މިފްކޯއިން ވަނީ މަސްދަޅު ކޭހަކުން 150 ރުފިޔާ ބޮޑުކޮށްފައެވެ.
އަގަށް މި ގެނައި ބަދަލާ އެކު ތެޔޮ މަސް ކޭހެއްގެ އަގު މިހާރު ވަނީ 590ރ. އިން 740ރ. އަށް ބޮޑުވެފަ އެވެ. އަދި ކުރިން 565ރ. އަށް ވިއްކި ފެން މަސް ކޭހެއް ދެން ލިބޭނީ 715ރ. އަށެވެ. އަދި، 15ރ. އަށް ވިއްކި ތެޔޮ މަސްދަޅެއްގެ އަގު 18ރ. އަށް އުފުލޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ