މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 706،468އަށް އަރާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ރާއްޖޭއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަންނަނީ ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް އައިއިރު ބައިނަލްއަޤްވާމީ ގިނަ ފެއާ ތަކެއްގައި ބައިވެރިވެ، ވަނީ ރާއްޖެ ތަމްސީލް ކޮށްދީފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ މާރޗް މަހުގައެވެ.
ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު
ޖެނުއަރީ – 131،764 ފަތުރުވެރިން
ފެބްރުއަރީ – 149،008 ފަތުރުވެރިން
މާރޗް – 150،748 ފަތުރުވެރިން
އޭޕްރިލް – 145،280 ފަތުރުވެރިން
މެއި – 125،522 ފަތުރުވެރިން
ޖޫން 1ގެ ނިޔަލަށް – 4،146 ފަތުރުވެރިން
މިއަހަރު ރާޢްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިޔާއިންނެވެ. އޭގެ އިތުރަށް އިނގިރޭސިވިލާތް، ރަޝިޔާ ޖަރުމަން އަދި އިޓަލީ ފަދަ ޤައުމުތައް ހިމެނެ އެވެ. ކޮވިޑް ފެތުރުމުގެކުރިން މި ލިސްޓްގެ އެންމެ ކުރީގައި ހިމެނޭ ޗައިނާ މިއަހަރުގެ ޓޮޕް 10 މާރކެޓްގައިވެސް ހިމެނިފައެއް ނުވެއެވެ.
ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރިމަށް ބާއްވާ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި “ރާ އެޓޯލް ޓޫރިޒަމް އެކްސްޕޯ” އެއްވެސް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. ފަތުރުވެރިން