- Advertisement -ad image

ޖޫންމަހުގެ ފުރަތަމަ އަށް ދުވަހު 30 ހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

މި އަހަރުގެ ޖޫން މަހުގެ ފުރަތްމަ އަށް ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 732،884 އަށް އަރާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ރާއްޖޭއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަންނަނީ ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް އައިއިރު ބައިނަލްއަޤްވާމީ ގިނަ ފެއާ ތަކެއްގައި ބައިވެރިވެ، ވަނީ ރާއްޖެ ތަމްސީލް ކޮށްދީފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ މާރޗް މަހުގައެވެ.

ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު
 ޖެނުއަރީ – 131،764 ފަތުރުވެރިން
 ފެބްރުއަރީ – 149،008 ފަތުރުވެރިން
 މާރޗް – 150،748 ފަތުރުވެރިން
 އޭޕްރިލް – 145،280 ފަތުރުވެރިން
 މެއި – 125،522 ފަތުރުވެރިން
 ޖޫން 8 ގެ ނިޔަލަށް – 30،562 ފަތުރުވެރިން
މިއަހަރު ރާޢްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިޔާއިންނެވެ. އޭގެ އިތުރަށް އިނގިރޭސިވިލާތް، ރަޝިޔާ ޖަރުމަން އަދި އިޓަލީ ފަދަ ޤައުމުތައް ހިމެނެ އެވެ. ކޮވިޑް ފެތުރުމުގެކުރިން މި ލިސްޓްގެ އެންމެ ކުރީގައި ހިމެނޭ ޗައިނާ މިއަހަރުގެ ޓޮޕް 10 މާރކެޓްގައިވެސް ހިމެނިފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ