- Advertisement -ad image

ފިޔަވަޅުތަކާއެކު ވެސް ރަޝިޔާއިން އެންމެ ގިނައިން ތެޔޮ ގަންނަ ޤައުމަކަށް ޗައިނާ

ad image

ގުޅުންހުރި ލިޔުންތައް

ޗައިނާގެ ބެއިޖީންގ އަށް ރަޝިޔާއިން އެތެރކުރާ ތެލުގެ އިންސައްތަ މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މެއި މަހުގައި ވަނީ 55 އިންސައްތަ މަތިވެފަ އެވެ.

މި އިންސައްތަ މަތިވެފައި މިވަނީ ރަޝިޔާއިން ޔުކްރޭނަށް ދެމުންދާަ ހަމަލާތައް ހުއްޓުމަކަށް ނައުމުން އެކަމާއި ގުޅިގެން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ރަޝިޔާ އާމެދު ފިޔަވަޅު އަޅާފައިވަނި ކޮށެވެ. އެގޮތުން އީޔޫއިން ވަނީ ވަގުތީގޮތުން ރަޝިޔާއިން ތެޔޮ ގަތުން މަނާކޮށްފަ އެވެ.

ނަމަވެސް ޗައިނާއިން ވަނީ މި ފިޔަވަޅުތަކާއި ދެކޮޅު ހަދާފަ އެވެ. ޗައިނާއަަކި ދެވަނައަށް ރަޝިޔާއިން އެންމެ ގިނައިން ތެޔޮ އެތެރެކުރާ ޤައުމެވެ. ދުނިޔޭގެ ދެވަނަ އަށް އާބާދީ އެންމެ ބޮޑު ޗައިނާއަށް މިދިޔަ މަހު އެކިވެސް ރަޝިޔާއިން 8.42 މިލިޔަން ޓަނުގެ ތެޔޮ އެތެރެކޮށްފައި ވެއެވެ.

އަދި ހަމަ އެ މަހުގައި ސައުދީ އަރަބިޔާއިން ވެސް އެ ޤައުމަށް 7.82 މިލިޔަން ޓަނުގެ ތެޔޮ އެތެރެކޮށްފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ