- Advertisement -ad image

ފުރުމުގެ 3 ގަޑިއިރު ކުރިން އެއަރޕޯޓަށް ދިއުމަށް އެމްއޭސީއެލް އިން އެދިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ދަތުރަށް ފުރުމުގެ ތިން ގަޑިއިރު ކުރިން އެއަރޕޯޓަށް ދިއުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން އެދިއްޖެއެވެ.

އެމްއޭސީއެލްއިން ބުނީ މިހާރު ފެށިފައިވާ ބޮޑު ޗުއްޓީ އާއި ގުޅިގެން ދަތުރު ކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކުން ސަލާމަތްވުމަށް ފުރާގަޑީގެ ތިން ގަޑިއިރު ކުރިން އެއަރޕޯޓަށް ގޮސް ޗެކިން ނިންމުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މިގޮތަށަ ކަންކުރުމުން ދިގުކިޔު ހަދައިގެން ގިނައިރު ތިބެން ޖެހުމުން ދިމާވާ ކަންކަން ހައްލު ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ހާމަކުރެއެވެ.
އަދި އެއަރޕޯޓަށަ ދާއިރު މާސްކް އަޅައިގެން ތިބުމާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އިރުޝާދުތަކަށް ކަމޭހިތާައިގެން އަމަލުތައް ބެހެއްޓުމަށަވެސް ވަނީ އެމްއޭސީއެލްއިން އިލްތިމާސް ކޮށްފައެވެ.
ސްކޫލްތައް ބަންދުވެ ބޮޑު ޗުއްޓީ ފެށިފައިވަނީ ޖުލައި މަހުގެ 1 ން ފެށިގެންނެވެ. ގިނަ ބަޔަކު ރާއްޖެ އާއި ރާއްޖެއިން ބޭރަށް ދަތުރު ކުރަމުންދާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދަތުރު ކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކުންވެސް އިލްތިމާސް ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ