- Advertisement -ad image

އޮޅުވާލައިގެން ބިދޭސީން ގެނައުމަށްވެސް ފޭކް ޕޯޓަލްތަކެއް

ad image

ގުޅުންހުރި ލިޔުންތައް

އޮޅުވާލައިގެން ބިދޭސީން ގެނައުމަށްވެސް ފޭކް ޕޯޓަލްތަކެއް ހެދުމުގެ މަސައްކަތް ބަޔަކު ކުރަމުންދާތީ މިނިސްޓްރީގެ ޕޯޓަލް ބޭނުންކުރާ ފަރާތްތަކުން ސަމާލުވުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގެނައުމުގެ ކަންކަން ކުރުމަށް އެ މިނިސްޓްރީން ފަރުމާކޮށް އާއްމުންނަށް ހުޅުވާލައިފައިވާ ޕޯޓަލް އެކްސްޕެޓް އޮންލައިން (https://xpat.egov..mv) ނަކަލުކޮށް އޮންލައިން ޕޯޓަލްތައް ހަދަމުންދާ ކަން ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

އަދި ގިނަ ފަހަރަށް މިފަދަ ޕޯޓަލް ވެބްސައިޓްތަކަކީ އޮޅުވާލައިގެން ޔޫޒާ އެކައުންޓުގެ އަދި އެހެނިހެން ޒާތީ މައުލޫމާތު ހޯދާ އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ފަރުމާ ކުރެވިފައިވާ ޕޯޓަލް ވެބްސައިޓް ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.
މިއީ މިހާތަނަށް އެމިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ބައެއް އެފަދަ ޕޯޓަލްތަކެވެ.

އެހެންކަމުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގެނައުމުގެ ކަންކަން ކުރުމަށް މިނިސްޓްރީގެ ޕޯޓަލް ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުވުމަށާއި ހިދުމަތް ހޯދުމުގައި ފަރުވާތެރި ވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އޮންލައިންކޮށް ހިދުމަތް ހޯދުމުގައި ހުރިހާ ވަގުތެއްގައިވެސް ބޭނުން ކުރެވެނީ ރަނގަޅު ޕޯޓަލްގައި ކަން ކަށަވަރު ކުރުމަށާއި އެހެން އެއްވެސް ޕޯޓަލް އަކަށް އެއްވެސް މައުލޫމާތެއް ނުދިނުމަށް އިސްކަންދިނުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ