ރާއްޖޭގެ އެކި ރަށްތަކަށަ މިއަދު ރެކޯޑް އަދަދަކަށް މީހުން ދަތުރުކޮށްފައިވާ ކަމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގަމުން އަންނަ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހާމަކޮށްފިއެވެ.
އެގޮތުން އެމްއޭސީއެލްއިން ބުނެފައިވަނީ އެތެރޭގެ އުދުހުންތަކުގައި މިއަދު އެކަނި 125 ފްލައިޓެއްގައި 3300 އަށް ވުރެ ގިނަ މީހުން އެކި ރަށްރަށަށް ދަތުރުކޮށްފައިވާ ކަމަށެވެ.
މީގެތެރެއިން 3084 ފަސިންޖަރުންނަކީ ގައުމީ އެއާލައިން މޯލްޑިވިއަނުން ދަތުރުކުރި މީހުން އެކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މިދުވަސްވަރަކީ ސްކޫލްތަކުގެ ބޮޑުޗުއްޓީ އާއި އީދު ޗުއްޓީގެ ދުވަސްވަރު ކަމުން ގިނަ ބަޔަކު ދަނީ ރާއްޖޭގެ އެކި މަންޒިލްތަކަށް ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުތައް ކުރަމުންނެވެ.