މާލެ ސިޓީގައި ނައިޓް މާރކެޓް ބާއްވަން އިއުލާން ކޮށްފައިވީނަމަވެސް ތާރީހެއް ކަނޑައަޅާނީ މާލެ ސަރަހައްދުގައޮ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.
މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ނައިޓް މާރކެޓް ބާއްވަން އިއުލާންކޮށްފައިވީ ނަމަވެސް ނައިޓް މާރކެޓް ބާއްވާނީ މާލެ ސިޓީގައި ކޮވިޑްކޭސްތައް އެންމެ ބޮޑަށް މަދުވިއިރު ހުރި ވަރަށް މަދުވީ ދުވަހަކުން ކަމަށެވެ.
އަދި ކޮވިޑް އާއި ޑެންގޫ ފަދަ ރޯގާތައް ގިނައިރެއްގައި ނައިޓް މާރކެޓް ނުބާއްވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
އެ ނައިޓް މާކެޓް ރާވާ، ހިންގުމަށް ޝައުގުވެރިވާ މީހުން މި ޖުލައި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން އެ ކައުންސިލުގެ ޕްރޮކިއުމަންޓް ސެކްޝަނަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ވަނީ އެދިފައެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެ ނައިޓް މާކެޓް ބޭއްވުމާ ގުޅޭ އިތުރު މައުލޫމާތު އެ ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
ރަމަޟާން މަހަށް ހާއްސަކޮށްވެސް ދާދި ފަހުން ވަނީ މާލެ ސަރަހައްދުގައި ނައިޓް މާރކެޓެއް ބާއްވާފައެވެ.