- Advertisement -ad image

އާސަންދައިގެ އިމަރޖެންސީ ދަތުރުތައް ކުރުމަށް ގާސިމްގެ ވިލާއެއަރ އާއެކު ސޮއިކޮަށްފި

ad image

ގުޅުންހުރި ލިޔުންތައް

އާސަންދަ ސްކީމްގެ ދަށުން ދޭ ހިދުމަތްތަކަށް އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ދޭންޖެހޭ އެހީތެރިކަން ދިނުމަށް ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އާސަންދަ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީގެވެ. އަދި ވިލަރ އެއަރގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަބްދުالله ނާޝިދެވެ.
މި އެއްބަސްވުމުގެ ދަށުން އާސަންދަ ސްކީމްގެ ދަށުން ދޭންޖެހޭ ހިދުމަތްތަކަށް އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން އެހީތެރިކަމާ އެއްބާރުލުން ވިލާ އެއަރއިން ދޭންޖެހޭނެއެވެ.
އަދި ހާއްސަކޮށް ވިލަރއެއަގެ ފްލައިޓްތައް ދަތުރު ކުރާ އެއަރޕޯޓްތައް ހުންނަ ރަށްތަކުގެ ރައްޔިތުންނާއި ކައިރީގައިވާ ރަށްތަކުގެ ރަށްޔިތުންނަށްވެސް މި އެއްބަސްވުމުގެ ދަށުން އާސަންދަ ސްކީމްގެ ދަށުން އިމަރޖެންސީ އިވަކުއޭޝަންގެ ހިދުމަތް ދިނުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އާސަންދަ ކުންފުނިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ