- Advertisement -ad image

އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 21 އިންސައްތަ އިތުރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ނިމިގެންދިޔަ މާރޗްމަހު ރާއްޖެއަށް އެތެރެކުރި އަދި ރާއްޖެއިން ބޭރުކުރި މުދަލުން ދައުލަތަށް ލިބުނު އާމްދަނީ 21 އިންސައްތަ އިތުރުވެއްޖެއެވެ.

މޯލްސްޑިވްސް ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މަރޗުމަހު ވަނީ 319 މިލިއަން ރުފިޔާގެ އާމްދަނީއެއް އިމްޕޯޓް އަދި އެކްސްޕޯޓުން ލިބިފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މަރޗުމަހު ދައުލަތަށް އިމްޕޯޓު އަދި އެކްސްޕޯޓުން 294 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ.

މިދިޔަ އަހަރުގެ މާރޗުމަހު ރާއްޖެއަށް 3.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު މިއަހަރުގެ މަރޗުމަހު މި ޢަދަދު ހުރީ 3.9 ބިލިއަންގައެވެ. މިއީ 15 އިންސައްތައިގެ ކުރިއެރުމެކެވެ.

އެންމެ ގިނަ މުދާ މާރޗުމަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ އޮމާން، ޔޫ.އޭ.އީ، އިންޑިއާ، ޗައިނާ އަދި ސިންގަޕޫރުންނެވެ. 

އޮމާނުން ރާއްޖެއަށް 16 އިންސައްތަ މުދާ އެތެރެކޮށްފައިވާއިރު ޔޫ.އޭ.އީއިންވެސް އެތެރެ ކުރި މުދަލުގެ 16 އިންސައްތަ ހިއްސާކުރެއެވެ. ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ 14 އިންސައްތަ ހިއްސާ ކުރަނީ އިންޑިއާއިންނެވެ..

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ