ޑިމާންޑް ދަށްވުމުގެ ސަބަބުން އެއާ އިންޑިޔާއިން ހޮންކޮންގްއަށް ދަތުރުކުރާ ފްލައިޓްތައް ކެންސަލް ކޮށްފި އެވެ.
އެއާ އިންޑިޔާއިން މިކަން ހާމަކޮށްފައިވަނީ މިއަދު ކުރި ޓްވީޓެއްގަ އެވެ. އެ އެއާލައިނުން ބުނީ ފްލައިޓްތައް ކެންސަލް ކުރަން ޖެހުނީ ހޮންކޮންގް އިން މީގެކުރިން ކޮވިޑް-19 ޕެންޑަމިކް އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ފްލައިޓްތަކަށް އޮތް ޑިމާންޑް ދަށްވުމުން ކަމަށެވެ..
މި ޓްވީޓްގައި ވާގޮތުން އެ އެއާލައިނުން ވަނީ މިމަހުގެ 19 އަދި 23ގަ އޮތް ފްލައިޓްތައް ކެންސަލް ކޮށްފަ އެވެ.
ކޮވިޑް-19 އާއި ގުޅިގެން ހޮންކޮންގެ އޮތޯރިޓީތަކުން ވަނީ އިންޑިޔާއިން ދަތުރުކުރާ ފަސިންޖަރުން އެ ގައުމަށް އެތެރެވުމަށް 48 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ސެޓްފިކެޓެއް ހުށަހަޅަން ޖެހޭގޮތަށް ނިންމާފަ އެވެ.
އައު އޮމިކޮރޮން ވޭރިއަންޓާއި ގުޅިގެން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހޮންކޮންގް ވަނީ އިންޑިޔާ ހިމެނޭގޮތަށް 8 ޤައުމަކުން ހޮންކޮންގަަށް ދަތުރުފަތުރުކުރުން މަނާކޮށްފަ އެވެ.