- Advertisement -ad image

ޕެސެންޖަރ ޓާރމިނަލްގެ ފޮޓޯތަކުންވެސް ހިތްހަމަ ޖެހުން

ad image

ގުޅުންހުރި ލިޔުންތައް

ދިވެހި ގޮތްތައް ހިމަނައިގެން ކުރަހާފައިވާ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ފޮޓޯތައް ފުރަތަމަ ފަހަރަށް އާއްމުކޮށްފިއެވެ.

ރާޅުތަކެއް ސިފަވާގޮތަށް ބޭރު ޑިޒައިންކޮށްފައިވާއިރު ފާޜުތަކުން ފެންނަންހުރީ ކުރީ ޒަމާނުގެ މިސްކިތްތަކުގެ ފާރުގައި ހުންނަ ކަހަލަ ހިރިގަލުގެ ކުރެހުން ނަމޫނާއަކަށް ބަލައިގެންނެވެ. ޑިޒައިންތަކުގެ ފޮޓޯތައް އާއްމުކުރުން ފިޔަވައި އިތުރު މައުލޫމާތެއް އަދި މިހާތަނަށް އެމްއޭސީލްއިންވެސް ހާމަކޮށްފައެއްނުވެއެވެ.

އައު ޓާރމިނަލް ހަދަމުންދަނީ އެންމެ ފަހުގެ ޒަމާނީ ހިދުމަތްތައް ލިބޭ ގޮތަށެވެ. ޓާރމިނަލް ހަދާއިރު ދިވެހިވަންތަކަން އިސްކުރުމަށް އެމްއޭސީއެލް އާއި ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕުން ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރު އެވެ. އެއަރޕޯޓް ނިންމުމަށް އޭރު އެއްބަސްވީ ހިނގަމުންމިދާ 2022 ވަނަ އަހަރުގެ ނިޔަލަށެވެ.

އެމްއޭސީއެލްއިން ކުރިން ހާމަކޮށްފައިވާ ގޮތުން އައު ޓާރމިނަލްގެ މަސައްކަތް މިހާރު މުޅިން ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ 2023 ވަނަ އަހަރުގެ ކުރީކޮޅުއެވެ. ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓްގައި ހަދާ ޒަމާނީ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ