- Advertisement -ad image

ނެޓްފްލިކްސްގެ ޕެކޭޖްތަކުގެ އަގުތައް ބަދަލުކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއް މީހުން އޮންލައިންކޮށް ފިލްމާއި ސީރީޒް އަދި ޑޮކިއުމެންޓްރީތަައް ބެލުމަށް ބޭނުންކުރާ ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު މަދުވެ ނެޓްފްލިކްސްގެ ޕެކޭޖްތަކުގެ އަގުތައް ބަދަލު ކުރަން ނިންމައިފިއެވެ.

އެގޮތުން ކޮވިޑް19 ގެ ލޮކްޑައުންނާއި ގުޅިގެން ރެކޯރޑް އަދަދަކަށް ނެޓްފްލިކްސް ސަބްސްކުރައިބް ކުރި މީހުންގެ އަދަދު އިތުރުވި ނަމަވެސް ލޮކްޑައުން ފިލާ ވަޒީފާތަަކަށް މީހުން ނިކުންނަށް ފެށުމުން އެ އަދަދު މަދުވެފައިވާ ކަން ނެޓްފްލިކްސް އިން ވަނީ ހާމަކޮށްފައެވެ. އެގޮތުން 2021 ވަނަ އަހަރު މި ހިދުމަތަށް ސަބްސްކްރައިބް ކޮށްފައިވަނީ 2020 ވަނަ އަހަރުގެ އަދަދުގެ ދެބައިކުޅަ އެއްބައެވެ. އެހެންކަމުން އަނެއްކާވެސް 10 އަހަރު ފަހުން ސަބްސްކަރައިބަރުން ގެއްލެން ފަށާފައިވާކަމަށް ނެޓްފިލްކްސް އިން ބުނެއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެ ކުއާޓަރުގައި 200000 ސަބްސްކްރައިބަރުން ވަނީ މަދުވެފައެވެ. މި މަޢުލޫމާތު އާއްމުކުރުމާއެކު ބާޒާރުގައި ނެޓްފްލިކްސްގެ ހިއްސާގެ އަގު 26 އިންސައްތަ ވެއްޓި، 40 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވަނީ ލިބިފައެވެ. .

ނެޓްފްލިކްސް އަކި ރާއްޖޭގައިވެސް ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ޕްލެޓްފޯމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ