- Advertisement -ad image

ގުމް ހެއި ކިސީކޭ ޕިޔާރުމޭގެ ސެޓްގައި ބޮޑު އަލިފާނުގެ ހާދިސާއެއް!

ad image

ގުޅުންހުރި ލިޔުންތައް


މުމްބާއީގެ ފިލްމް ސިޓީގައި ހުކުރު ދުވަހު ޓީވީ ޝޯ “ގުމް ހޭ ކިސިކޭ ޕިޔާރް މޭން” ގެ ސެޓުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. ކޮކްރޯ އާއި ޝައިކާ އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކޮށްފައިވާ ސްޓާ ޕްލަސް ޝޯގެ ސެޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. މަރުވި އެއްވެސް މީހެއްގެ އަޕްޑޭޓެއް ލިބިފައި ނުވާއިރު، މަސްދަރުތަކުން ބުނާ ގޮތުގައި މަދު ބަޔަކަށް އަނިޔާވެފައިވެ އެވެ.
indianexpress.com އަށް މައުލޫމާތު ދިން މީހަކު ބުނީ ސެޓްގައި އަލިފާން ހާދިސާއެއް ޝޫޓް ކުރަމުން ދިޔަ ކަމަށެވެ. ސަލާމަތީ ގޮތުން ރައްކާތެރިނުވެވުމުގެ ސަބުން ހިނގި ކަމަށް ބުނާ މި އަލިފާންގަނޑު ފެތުރިގެން ގޮސް ސެޓް އެއްކޮށް ހަލާކުވެގެން ދިޔައީއެވެ.
“ ހަވީރު 4:30 އެހާކަންހާއިރު ހިނގި މި އަލިފާންގަނޑު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސެޓްގެ އެކި ހިސާބުތަކަށް ފެތުރިގެން ދިޔައެވެ. އެކްޓަރުންނާއި ކްރޫ އަވަހަށް ސަލާމަތް ކުރިއިރު، އެތަން ވަނީ މުޅިން ހަލާކުވެފަ އެވެ. ފަޔާ ފައިޓަރުން އައި ނަމަވެސް އޭގެ ކުރިން އަލިފާންގަނޑު ވަނީ ވަށައިގެން ފެތުރިފައި،” މަސްދަރު ވިދާޅުވި އެވެ.
އެ މަސްދަރު އިތުރަށް ބުނީ އަލިފާން ރޯވުމަށް މެދުވެރިވީ އިހުމާލުން ކަމަށާއި ޝޯގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރަށް މީގެ ކުރިން ވެސް މުނިސިޕަލް ކޯޕަރޭޝަނާއި ފިލްމް ސިޓީ އޮތޯރިޓީން ނޯޓިސް ފޮނުވާފައިވާ ކަމަށެވެ. “އެމީހުން ވެސް ޖެހޭނީ ބޮޑު ޖޫރިމަނާއެއް ދައްކަން.” މަސްދަރު ބުނެފައިވެއެވެ.
ގުމް ހެ ކިސިކޭ ޕިޔާރް މެއިގެ ލީޑް ރޯލުން ފެނިގެންދާނީ ނީލް ބަޓް، އައިޝްވާރިޔާ ޝަރްމާ އަދި އައިޝާ ސިންގް އެވެ. ކޮކްރޯ އާއި ޝައިކާ އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކޮށްފައިވާ މި ޝޯ އަކީ ފުދޭވަރަކަށް މަގުބޫލު އަދި ޓީއާރުޕީ ޗާޓްތަކުގެ އެއްވަނައިގައި އޮތް ޝޯއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ