- Advertisement -ad image

އިސްލާމްދީނަށްޓަކައި ފިލްމް ކުޅުން ހުއްޓާލި ސަނާ ހާން ބަނޑުބޮޑު!

ad image

ގުޅުންހުރި ލިޔުންތައް


ހިންދީ ފިލްމް މީގެ ކުރިން ކުޅުނު ނަމަވެސް އިސްލާމްދީނަށްޓަކައި ފިލްމް ކުޅުމާއި ދުރަށްޖެހުނު ސަނާހާން އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާންކޮށްފިއެވެ.
ސަނާ އަދި ފިރިމީހާ ސައްޔިދު، އަލަތު ދަރިފުޅު ލިބެން އުޅޭ ކަން އިއުލާން ކުރި އިރު ސަނާ ވިހާނެ ކަމަށް ބުނީ މި އަންނަ ޖޫން މަހުގެ ތެރޭގައެވެ.
ސަނާގެ އިންސްޓަރގްރާމް 5.6 މިލިއަން މީހުން ފޮލޯކުރާއިރު މިދިޔަމަހު ސަނާ ސަޕުރައިޒެއް އޮތް ކަމަށް ބުނުމުން ގިނަ ބަޔަކު ވަނީ އޭނާ ބަނޑުބޮޑު ކަމަށް ބުނަން ފަށާފައެވެ.
ދަރިއަކު ލިބެން އުޅޭކަން މިދެމަފިރިން އިއުލާންކޮށްފައިވަނީ ދާދިފަހުން އިގްރާ ޓީވީއަށް ދިން އިންޓަރވިއުއެއްގައެވެ.
ބަލިވެއިންކަން ހަ މަސް ވަންދެން ސިއްރު ކޮށްގެން އުޅުމަށްފަހު އެންމެފަހުން މިދެމަފިރިންވަނީ ދަރިއަކު ލިބެން އުޅޭ ކަމަށް އެއްބަސްވެފައެވެ.
މަންމަ އަކަށްވުމުގެ އިހުސާސްކުރެވެނީ ކިހިނެތްތޯ އެހުމުން ސަނާ ބުނީ އިންތިޒާރު ކުރަމުން މިދަނީ އެކަމަށް ކަމަށެވެ.

ސަނާ ހާން ނިވާކަން ކުޑަ ހެދުން އަޅައިގެން ބޮލިީވުޑްގެ ބައެއް ފިލްތައް ކުރިން ކުޅުނު މީހެކެވެ. ނަމަވެސް މިހާރު އޭނާ ވަނީ ފިލްމް ކުޅުން ހުއްޓާލައި އިސްލާމްދީނުގެ ކަންކަން ހޯދާ ބެލުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އުމުރާގެ އަޅުކަމާއި ހައްޖުގެ އަޅުކަންވެސް ވަނީ ފުރިހަމަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ