- Advertisement -ad image

އަހަރެންގެ ދިރިއުޅުމުގެ އަމާޒަކީ ސަލްމާން ޚާން މަރާލުން: ގޭންގްސްޓަރ ލޯރެންސް

ad image

ގުޅުންހުރި ލިޔުންތައް

ބޮލީވުޑްގެ ނުފޫޒު ގަދަ ތަރި ސަލްމާން ހާން މަރާލުމަކީ ދިރިއުޅުމުގެ އަމާޒު ކަމަށް އިންޑިއާގެ ގޭންގް ސްޓަރ ލޯރެންސް ބިޝޯނީ ބުނެފިއެވެ.
ޖަލުގައި ހުރި ގޭންގްސްޓާ ލޯރެންސް ބިޝްނޯއީގެ އިންޓަވިއުގެ ދެވަނަ ބައި މިއަދު ޓީވީ ޗެނަލަކުން ވަނީ ދައްކާފައެވެ. ނަމަވެސް ޕަންޖާބު ޕޮލިހާއި މަރުކަޒީ ސަލާމަތީ އިދާރާތަކަށް އެ އިންޓަވިއު ނަގާފައިވާތަން ދެނެގަނެވިފައިނުވަނީ އަދިރި ތަނެއްގައި އިންޓަރވިއު ނަގާފައިވާތީއެވެ.
ޓެރަރިސްޓުންނަށް އެހީތެރިވުމުގެ ކުށުގައި އެންއައިއޭ އިން ކުރިން ދައުވާ ކުރި މޫސެވާލާ މަރުގެ މާސްޓަރމައިންޑް ކަމަށް ތުހުމަތު ކުރެވޭ ބިޝްނޯއީ އެކްޓަރު ސަލްމާން ޚާން މަރާލާނެ ކަމުގެ އިންޒާރު ދީފައިވަނީ “އެއީ އޭނާގެ މައިގަނޑު އަމާޒު” ކަމަށް ބުނެ އެވެ.
ކަޅު ފަސްގަނޑެއްގެ ބަދަލުގައި ފާރަކާއި ކުޑަދޮރެއް ފެންނަން ހުރުމުން އިންޓަވިއު ކުރި ތަން ފުރަތަމަ ބަޔާ ތަފާތު ކަމަށް ފެންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބިޝްނޯއީގެ ތުނބުޅި ކޮށާލާފައި ހުރިއިރު ލައިގެން ހުރީ ވަށައިގެން ކަރު އޮރެންޖު ކުލައިގެ ގަމީހެކެވެ. ޓީވީ އިންޓަވިއުގެ އެއް އެންކަރަކު ބުނީ އެއީ އޭނާގެ އެންމެ ފަހުގެ ވީޑިއޯ ކަމަށެވެ. އެންކަރު ބުނީ އެއް ސްޓޭޓެއްގެ ފުލުހުން ބުނި ގޮތުގައި ބިޝްނޯއީގެ އެންމެ ފަހުގެ ލޫކް ކުރިން ފުރަތަމަ ބައިގެ ގޮތުގައި ދައްކާފައިވާ އިންޓަވިއުއާ ތަފާތު ކަމަށެވެ.

އޮފިޝަލް ޑީޖީޕީ ޔާދާވް މިއަދު ސާފުކޮށް ވިދާޅުވެފައި ވަނީ ޓީވީ ޗެނަލަކަށް ބިޝްނޯއީ ދިން އިންޓަވިއުއަކީ ބަތިންޑާ ޖަލުގެ ހައި ސެކިއުރިޓީ ޒޯނުން ނުވަތަ ޕަންޖާބުގެ އެހެން ޖަލަކުން ދީފައިވާ އިންޓަރވިއުއެއް ނޫން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ