- Advertisement -ad image

ކުރި އިންތިޒާރު (ދެވަނަ ބައި)

ad image

ގުޅުންހުރި ލިޔުންތައް

ކުއްލިއަކަށް ސިއްސައިގެން ދިޔައީ އުނގުމަތީގައި އޮތް އަހަރެންގެ ފޯނު ވައިބުރޭޓު ވުމުންނެވެ. ފޯނު ނަގައި ބަލައިލި އިރު މެސެންޖާރ އިން ނޮޓިފިކޭޝަން އެއް އައިއްސަ އިނެވެ. ވަރަށް ގަޔާނުވާ ފާޑަކަށް ކާކުތޯ ބަލައިލީމެވެ. އަހަރެންގެ ލޮލަށް ފެނުނު އެއްޗަކުން ޤަބޫލުނުކުރެވިފައި ފޯނާއި ދިމާލަށް ބަލަހައްޓައިގެން އިނދެވުނީ ކިހާ އިރެއް ވަންދެން ކަމެއް ޚުދު އަހަންނަކަށްވެސް ނޭނގުނެވެ. އަހަންނަށް މެސެންޖާރ އިން މެސެޖު އައީ އަހަރެން ދުވަހަކުވެސް ހީނުކުރާ މީހެއްގެ ފަރާތުންނެވެ. އެއީ އާން އެވެ. އަހަންނަށް ހީވީ ހުވަފެނެއްގެ ތެރޭގައި އުޅެވޭ ހެންނެވެ. އުފަލުން ގޮސް ކުރާނެ ނުކުރާނެ ކަމެއް އެވަގުތަކު ނޭނގުނެވެ. ފިރިހެން ކުއްޖެއްގެ ފަރާތުން މެސެޖެއް އައުމުން އަހަރެން ދުވަހަކުވެސް މިހާ އުފަލެއް ނުވެއެވެ. އަނެއްކާ އަހަންނަށް އާން ދެކެ ލޯބި ވެވުނީ ބާއެވެ؟ އޭގެފަހުން ކޮންމެ ރެ އަކުވެސް އަހަންނާއި އާން މެސެންޖާރ އިން ވާހަކަ ދައްކަމެވެ. އަހަރެން އަބަދުވެސް ހުންނަނީ އާން ގެ މެސެޖެއް ލިބޭތޯ ކެތްމަދުވެފައެވެ. އޭނަ ފޮނުވާ އެންމެ ލަފްޒަކުންވެސް އަހަރެންގެ މުޅި ދުވަސް އުފާވެރި ކޮއްދޭ ކަހަލައެވެ. ބުނެދޭންވެސް ނޭނގޭ ފަދަ އިހުސާސް ތަކެއް ކުރެވެން ފަށައިފިއެވެ. އަހަންނަށް ހަމަ ރަނގަޅަށްވެސް އާން ދެކެ ލޯބި ވެވިއްޖެއެވެ.
” ނޭނގޭ ބުނާކަށް ހިތް އެދި މިވާވަރު ވާ ލޯބި ދެން ނޭނގޭހޭ
ބޭނުންމިވާވަރު ދީވާނަވީމާ ސީދާ ލޮލުން ނުފެނޭހޭ… ބޭނުން އެހާ ހިތް އިންތިހާ “
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ. މިރޭ އަހަރެން ޤަސްތުކުރީ އަހަރެންގެ ލޯބި ހުށައަޅާށެވެ. އާންގެ މެސެޖަކަށް އަހަރެން އިންތިޒާރު ކުރަމުން ދިޔަ އީމެވެ. އަހަރެން ކުރަމުން ދިޔަ އިންތިޒާރު ދިގުލައި ނުގޮސް އާންގެ މެސެޖެއް އަހަންނަށް އައެވެ. އަހަރެން އަވަސް އަވަހަށް އަހަރެން އާން ދެކެ ލޯބިވާ ވާހަކަ ބުނީމެވެ. ” އާން! އަހަންނަކަށް ނޭނގެ އަހަރެން އާން ދެކެ ލޯބި ވެވުނީ ކޮންއިރަކު، ކޮންތާކު އަދި ކިހިނެތް ކަމެއްވެސް! އެނގޭހާވެސް އެއްޗަކީ އަހަރެން އާން ދެކެ ލޯބިވެވިއްޖެކަން. އައިލަވްޔޫ އާން! ” އާން ދޭނެ ޖަވާބަކާ މެދު އަހަރެން ބިރުގަތެވެ. މާކަ ގިނަ އިރުތަކެއް ނުވެ އާންގެ މެސެޖެއް އަހަންނަށް ލިބުނެވެ. އެ މެސެޖުގައިވަނީ އާން އެހެން ކުއްޖެއް ދެކެ ލޯބިވާ ކަމެވެ. އަދި އެއީ ރިޔާ އެވެ. އަދި އަބަދުވެސް އާން އަހަންނާ މެދު ދެކެނީ ރައްޓެއްސެއްގެ ގޮތުންކަމާއި އޭނާއަށް ރިޔާ ހޯދައިދިނުމަށް އަހަރެން ގާތު އެހީ އަށް އެދުނެވެ. އާންގެ މި މެސެޖު ކިޔާ ނިމުނު އިރު ހީވީ އަހަރެންގެ ހިތަށް ތޫނު ކަށި ތަކެއް ހެރެމުން ދިޔަހެންނެވެ. ހުއްޓުމެއްނެތި އަހަރެންގެ ލޮލުން ކަރުނަތައް ފާއިބަމުން ދިޔަ އެވެ. ތިމާއަށް އަލަށް ލޯބިވެވުނު މީހާ، މާކުރިން އެހެން މީހަކަށް އޭނާގެ ހިތް ދީފައި އޮތުމުން ދެރަނުވާނީ ވަކި ކާކު ހެއްޔެވެ؟ އަހަންނަށް ލޯބި މި ވެވުނީ ދުވަހަކު އަހަންނަށް ނުލިބޭނެ މީހެއްކަން އެނގުމުން ހިތުގައި ޖެހުނެވެ. އަހަރެންގެ ހިތުގައިވާ ޝަކުވާތަކާއި އުދާސްތައް ރުއިމުގެ ސިފައިގައި ބޭރުކޮށްލީމެވެ. އަދި އާން އަހަރެން ގާތު އެދުނު ކަންތައް ކޮއްދޭން އަހަރެން އެއްބަސްވީމެވެ. އާންގެ އުފަލަކީ އަހަރެންގެވެސް އުފަލެވެ. އާންގެ ލޯބި ނުލިބުނު ކަމުގައިވިއަސް އާންގެ އެ ރީތި ހިނިތުންވުމާއި އޭނާގެ އުފަލައްޓަކައި އަހަރެން ހުރީ ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށެވެ.
” ގުޅުމެއްވީ ކަމުގައިވިއަސް ގުޅިފައި ނުވޭ ހިތްދެން.. ތިޔަ ލޮއެތްބަށް ޤުރުބާންވިއަސް ގުޅިފައިނުވޭ ހިތްދެން.. ވާ ލޯތްބެއް އެނގިފައިވިއަސް ގުޅިފައިނުވޭ ހިތްދެން.. މި ހަޔާތާ ގުޅިފައިވިއަސް ގުޅިފައިނުވޭ ހިތްދެން.. “
މުޅިން އައު އަހަރަކާއި ދުވަހަކައިގެން އިރުގެ ދޯދިތަކުން ދުނިޔެ ވެރި ކޮށްފިއެވެ. މިއީ 11،12ގެ އަހަރެންގެ އެންމެ ފަހު އަހަރެވެ. މަންމަ ކައިރި ޗުއްޓީ ހޭދަ ކުރުމަށްފަހު އަނެއްކާވެސް އެނބުރި ހިތަދުއަށް އައީމެވެ. ރަށަށް އާދެވުމާއެކު ފުރަތަމަވެސް މަސައްކަތްފެށީ އާންގެ ލޯބި އާންއަށް ހޯދައިދިނުމަށެވެ. އާންގެ ލޯބި އާންއަށް ހާސިލްކޮށްދިނުމަށްޓަކައި ރިޔާ ކައިރިއަށް ގޮސް އަހަރެން އާދޭސްކުރީމެވެ. ނަމަވެސް ރިޔާ ކުރީ އިންކާރެވެ. އޭނާ ބުނީ އޭނަ އާންއާ ދޭތެރޭ އެކަހަލަ ނަޒަރަކުން ނުދެކޭކަމެވެ. އާން ވާނެ ދެރަޔާމެދު ވިސްނާފާއި އަހަރެންވެސް ދެރަވިއެވެ. ކޮންމެ ދުވަހަކުވެސް ކުލާސް ތެރޭ އިންނަ އިރު އާން ރިޔާއާ ދިމާލަށް ލޯބިން ފުރިގެންވާ ގޮތަކަށް ބަލަން އިންނަތަން އަހަންނަށް ފެނެއެވެ. މި މަންޒަރު ފެންނަ ކޮންމެ ފަހަރަކުވެސް އަހަރެންގެ ހިތް ކުދިކުދިވެއެވެ. އާން ކުރާ ހުރިހާ ކަމެއްވެސް އަހަންނަށް ފެނެއެވެ. ސުކޫލަށް ކިޔަވަން ދިޔަ ކަމުގައިވިއަސް އަހަންނަށް އާންއާ ދިމާލަށް ބެލުންފިޔަވައި އެހެން އިތުރު ކަމެއް ނުކުރެވެއެވެ. އަހަރެން އާން އާމެދު ނުވިސްނާ އެންމެ ސިކުންތެއްވެސް ނުދާނެއެވެ. އެންމެ ކުޑަމިނުން ނިނދާފައި އޮންނަ އިރު ހުވަފެނުންވެސް ފެނެއެވެ. ނުވިތާކަށް އޭނަ ސުކޫލަށް ނާންނަ ކޮންމެ ދުވަހަކީ އަހަރެން އެއްވެސް ކަމެއް ކުރާ ހިތްނުވާ ދުވަހެކެވެ. އަބަދުވެސް އަހަރެންގެ ކަންފަތަށް އިވެން ބޭނުންވާ އަޑަކީ އެއީއެވެ. އަބަދުވެސް ދެކެން ބޭނުންވާ މޫނަކީ އެއީއެވެ. އާން ބުނާ ހަމައެންމެ އަކުރަކުންވެސް އަހަރެން ދެރަވެއެވެ. މީހަކު ދެކެ މީހަކަށް ލޯބިވެވޭނީ މި ވަރަށެވެ. އާން އަންނަންދެން އަހަރެން އަބަދުވެސް އިންތިޒާރު ކުރާނަމެވެ. ދުނިޔެއަށް ލެވޭ އެންމެ ފަހު ނޭވާޔާހަމައަށްވެސް އަހަރެން އާންއަށް އިންތިޒާރުކުރާނަމެވެ. އާންއަށްޓަކައި އަހަރެން ކުރިން އުޅުނު ގޯސް ގޮތްދޫކޮށްލީމެވެ. އާންއާ އެކަށީގެންވާ މީހަކަށް ވެވޭތޯ އަހަރެން މަސައްކަތް ކުރަން ފެށީމެވެ. އަހަރެންގެ އުޅުމަށް މި އައި ބޮޑެތި ބަދަލުތަކުގެ ސަބަބުން ރިޔާ އާއި ލަޔާން އަހަންނާ ސުވާލު ކުރިއެވެ. އަހަރެން އެ ދެ މީހުންނަށް ހުރިހާ ވާހަކައެއް ތެދުތެދަށް ކިޔައިދިނީމެވެ. އެދެމީހުން އަހަންނަށް ވަރަށް ހިތްވަރު ދިނެވެ. އަދި އާން އިރާދަކުރެއްވިއްޔާމުން ލިބޭނޭ އެހެންނަމަވެސް އެކަމަށް ވަގުތު ބޭނުންވާނެކަމަށް ބުންޏެވެ. ސުވާލަކީ އަހަންނަށް ދިރިއުޅުމުގައި އެހާ ގިނަ ވަގުތު ލިބެން އެބައޮތް ހެއްޔެވެ؟ ނަމަވެސް އަހަރެންގެ މި ހުރިހާ އުއްމީދުތަކާއި ހުވަފެންތައް އެންމެ ސިކުންތެއްގެ ތެރޭގައި ފުނޑުފުނޑު ވެގެން ހިގަތްޖެއެވެ. އާން އަހަންނާ ވާހަކަދެއްކުން ހުއްޓާލައިފިއެވެ. އާން އަހަރެންގެ ނަންބަރު ބުލޮކުކޮށްލިއެވެ. އެންމެކުޑަމިނުންވީ ކިހިނެތް އަދި އަހަންނަށް ކުރެވުނީ ކޮން ކުށެއް ކަމެއްވެސް ނުބުނެއެވެ. މީހެއްދެކެ ލޯބިވެވުން އެއީ ކުށަކަށް ވަންޏާ އަހަރެން އެ ކުށަށް އިއުތިރާފުވަމެވެ.
” ހިމޭން ހިތްވެފައިވީ ޔާރު ފަސްދީ ދާގޮތުން.. ވެޔޭ ހިތުގެ ހަރަކާތް ހުއްޓިފާ
(ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ