- Advertisement -ad image

ކުރު ވާހަކަ: ފަޙްރު

ad image

ގުޅުންހުރި ލިޔުންތައް

އެއަރޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ އަންނަމީހުންގެ ދޮރާށި ކައިރީ މަޑުކޮށްލައިގެން އެތިބީ ބޭރުގައުމު ތަކުން އަންނަމީހުންގެ އިންތިޒާރުގައި ތިބި މީހުންނެވެ. އަތު ގުޅުވައިލައިގެންތިބި ވަސީމުގެ ދެމަފިރިންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ލޯބިވާ އަނބިމީހާއަށް ބަލާލާ ހިނިތުންވެލި ގޮތުން އެކަނިވެސް ވަސީމުގެ ހިތުގައި ނަރީމާއަށް އޮތް ލޯތްބާއި ގަދަރު ފާޅުވެއެވެ. މިވަގުތު އަނބިމީހާގެ އިހުސާސްތަށް ދުލަކުން އަދި ގަލަމަކުންވެސް ބަޔާންކޮށްނުދެވޭނެކަން ވަސީމުއަށް އެނގެއެވެ. ފުލައިޓް ލަސްވި ޙަބަރު ލިބުމުން ތަންކޮޅެއް ދުރުގައިހުރި ގޮނޑިބަރީގައި ދެމަފިރިން ގޮސް އިށީނދެލިއެވެ. ނަރީމާގެ ސިކުނޑި ތެރޭގައި އެނބުރެމުންދިޔައީ މީގެ އެތައްއަހަރުތަކެއް ކުރީގެ ހަނދާންތަކެކެވެ.
ޅައުމުރުގައި މައިންބަފައިންނާއި ހަގަށްތިބި 2 ކުދިން ވަކިވެދިޔައީ ރަށުގައި ފެތުރުނު ނުރައްކާތެރި ބަލިމަޑު ކަމެއްގައެވެ. އުމުރުން އެންމެ 11 އަހަރުގައި އަޅާލާނެ ވާލެއް، ޔާރެއްނެތި ޔަތީމަކަށް ވެގެންދިޔަ އެބިރުވެރި ހާދިސާވީ ގޮތްހުސްވެފައިވާ ނަރީމާގެ ޅަ ސިކުނޑިއާއި އެތެރެހަށި ކަމުންދިޔަ ސުއިއްޕަކަށެވެ. އެހާލަތުން އަރައިނުގަނެވި ނަރީމާ ތަންމަތިވިހިނދު އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ ރަށުގެ ފޫޅުމައި ކަމުގައިވާ ފާތިނާއެވެ. އޭނާގެހިތަށް ނަރީމާގެ ހާލަތުފެނި ރަޙުމުވަނީއެވެ. ނަރީމާގެ މަންމަގެ 3 ދަރިން ވެސް ވިއްސީ އޭނަވިއްޔާ އެވެ. ނަރީމާގެ ޅަހިތަށްކޮށްފައިވާ އަސަރު ފާތިނާއަށް އިހުސާސްކުރެވެއެވެ. އޭނާގެ އޯގާތެރިކަމާއި، ކުލުނުވެރި ނަސޭހަތްތަކާއި އެކުވެސް ނަރީމާ ހަމަޔަކައް އެޅުނުއިރު ދެތިންމަސް ފާއިތުވެއްޖެއެވެ.
ނަރީމާގެ މައިންބަފައިން އޭނާގެ އަތްމަށްޗަށް ދޫކޮށްފައިދިޔަ ކުޑަވަރެއްގެ ރުއްދަނޑަކާއި، އަލަ އޮޅެއްގެ އިތުރުން ދަނޑު ބިމެއް އޮތެވެ. ފާތިނާ ކުދިވެރިންނާއި ފިރިމާހާއާއި ވެގެން އެތަންތަން ބަލަހައްޓައިދެމުން ދިޔައީ ނަރީމާއަށް ހެޔޮއެދޭތީއެވެ. ފާތިނާގެ އާއިލާއާއިއެކު އެމަސައްކަތުގައި ބައިވެރިވެ ނަރީމާ އުޅުނީ ޝުކުރުވެރި ހިތަކާއިއެކު އުފަލުގައެވެ. އުމުރުން 14 އަހަރުފުރުމުން ފާތިނާ ނަރީމާއަށް ބާރުއަޅަންފެށީ ޒަވާޖީހަޔާތެއް ފެށުމަށެވެ. ނަމަވެސް އެކަމަކީ ނަރީމާއަށް ކަމުދާކަމަކަށް ނުވިއެވެ. އޭނާ ބޭނުންވަނީ ކޮންމެވެސްވަރެއްގެ ތައުލީމެއް އުނގެނޭށެވެ. ފާތިނާގެ އެހީ ނުލިބުނުނަމަ ނަރީމާގެ ހަޔާތް ކަޅު އަނދިރިވީސްކަން ނަރީމާވެސް ގަބޫލުކުރެއެވެ. ކައިވެނީގެ ވާހަކަ މާގިނަވެ އުފެދުނު ނުތަނަވަސްކަމާއިއެކު ނަރީމާގެ ގެއަށް އޭނާ ބަދަލުވިއެވެ. ފާތިނާގެ އާއިލާއާއި ގުޅުން ކަނޑާލަން ބޭނުންނުވާ ކަމަށްބުނެ އަދި ކުރިއެކޭވެސް އެއްގޮތައް އޭނާގެ ދަނޑުތަކުން ލިބޭ އެއްޗެއް ބޭނުންކުރިއަސް ހެޔޮކަމަށާއި އޭނާގެ އާއިލާއަކީ ފާތިނާގެ އާއިލާކަމަށް ގަބޫލުކުރާކަމަށްވެސް ބުންޏެވެ.
ނަރީމާ ގެއިން ނިކުމެގެންދިޔަ ޙަބަރު ރަށުތެރޭގައި ފެތުރުނީ ވަރަށް ހުތުރު ގޮތަކަށެވެ. ފާތިނާގެ ފިރިމީހާ ފިރާގު ނަރީމާގެ އިއްފަތްތެރިކަން ނަގާލައިފިއޭ ކިޔާއިގެން ވާހަކަތައް ފެތުރިގެން ދިޔައެވެ. އެއީ ނަރީމާ ރުޅިއައިސްގެން ދެއްކި ވާހަކަ ތަކެއްކަމަށް ހީކޮށް ފާތިނާ ވީ ދެރައިންނާއި ގަތްލަދުން ނާރީމާއާއި ގުޅުން ކަނޑާލިއެވެ. އެދަނޑިވަޅުގެ ބޭނުންހިފީ އެރަށަށް އަރުވާލާފައިހުރި މީހެކެވެ. ދަންވަރު ވަދެ ނަރީމާގެ އިއްފަތްތެރިކަން ނަގާލީ ރަޙުމެއް ހަމްދަރުދީއެއް ނެތި، ބަނޑުހައިވެ ރުޅިއަރައިގަނެފައިވާ ސިންގާ އަކަށް ޅަޖަނަވާރެއް ފެނުމުން ޝިކާރަކުރާ ފަދައިންނެވެ. ކިތަންމެ ހަޅޭކެއްލެވިއަސް އެއަޑުއިވޭނެ އިންސާނަކު އެހިސާބުގައި ނުވާނެކަން އިނގޭއިރުވެސް ކަރުން ހަންދަންދެން ނަރީމާ އެހީއަށްއެދި ހަޅޭއްލަވައި ރޮއެ އާދޭސް ކުރިއެވެ. ބިރުން މޭގަނޑު ވިރިގެންދާ ހާލުގައި ނަރީމާގެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭނަށް ކެތްނުކުރެވި ހެއަށް ގޮތްވިއިރުވެސް، އެ ނުލަފާ ޝައިތޯނުގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރިއެވެ. ހިތް ފުރޭވަރުވުމުން ނިކުމެގެން ދިޔައީ އެ މައުސޫމް އަންހެން ކުށްޖާގެ ހަށިގަނޑުގައި ފުރާނަ ހުރިތޯވެސް ބަލާނުލައެވެ.
ނާރީމާއަށް ހޭވެރިކަން ވިއިރު ހެނދުނު 10 ޖަހަނީއެވެ. ހިރިލާނެ ވަރުވެސްނެތި އަމިއްލަ ނަފުސު ކުށްވެރިކޮށް ރޯލަ ރޯލާ އޮވެވުނީ ކިހާއިރެއްވަންދެން ކަމެއްވެސް ނޭނގެއެވެ. ފާތިނާދައްތަގެ ނަސޭހަތް ގަބޫލުކޮށް އެގެއިން ނާދެވުނުނަމައޭ އެތަށްހާސް ފަހަރަކު ހިތަށްއެރިއެވެ. އެހީއަށްއެދި ފާތިނާގެ ކުރިމަށްޗަށް ދާނޭ ހިތްވަރެއް ނަރީމާގެ ނެތެވެ. އެކަނި އޮންނަން ކިތަންމެ ބިރުގަތަސް އެނޫންގޮތެއް ނެތީތީ ނަރީމާ އަށް ޖެހިގެން އައިރޭ ލޮލުފިޔަވެސް ޖަހާނުލެވުނެ. އެހާލުގައި ދެތިންރޭ ފާއިތުވެދިޔައިރު އެމީހާގެ އުނދަގުލެއް ނުފޯރީތީ ނަރީމާހީކުރީ އެކަމުން މިންޖުވީކަމަށެވެ. އެހެނަސް އެގޮތުގައި ހަމަނޭވާއެއް ލެވުނީ ދެތިން ރެއެވެ. އަނެއްކާވެސް އެ ނުލަފާކަމުގެ ހިތިރަހަ ދެކެންޖެހުނީ އެވެ. ހަދާނޭގޮތެއް ނޭގި ހަތަރު އުދަރެސް ފެނުޖެހިފައި ވާހާލު އެ ނުލަފާ މީހާގެ ވަކިތަކުގެ ދަށުގައި ހައްޔަރުވެ ފާއިތުވީ ކިތަށް ރޭ ކަމެއްވެސް ނަރީމާ އަށް ނޭނގެއެވެ. ނަރީމާގެ ދިރިއުޅުން ނަރަކައަކަށް ހަދާލުމަށްފަހު އޭނާ އެރަށުން ފުރީ ކޮށްފައިވާ ޙުކުމުގެ މުއްދަތު ހަމަވުމުންނެވެ.
ފާތިނާ ނަރީމާގެ ޙަބަރެއް ބަލާލަން އައީ ނަރީމާއަށް ކަމެއް ދިމާވެއްޖެހެން ހީވާތީއެވެ. ހެޔޮހާލުގައި ހުރިނަމަ ދަނޑުގައި ވިނަ ބޯވެ ހައްދާފައިވާ ތަކެތި ހަލާކުވާން ދޫކޮށްނުލާނެކަން އިނގޭތީއެވެ. ގޭތެރެއަށް ވަދެގެން ދިޔަވަރަކަށް އޯކަށްދެމޭ އަޑު ގޭގެ ބިއްދޮށްފަރާތުން އިވެމުން ދިޔާއެވެ. ހިނގުން ބާރުކޮއްލައި ފާތިނާ ގޮސް އެފަރާތަށް ނިކުތްއިރު ދެކަކުލުގައި އަތްވިދެގެން އޮވެ ނަރީމާ އޯކާދެމި ހޮޑުލަނީއެވެ. ފާތިނާ ގޮސް ނަރީމާގެ ބުރަކަށިގައި އަތް ޖައްސާލުމުން ނާރީމާ ސިހިފައި ފަހަތް ބަލައިލިއެވެ. އެ މޫނުވަނީ މިލާމޯޅިވެފައެވެ. ހަށިގަނޑު އަނަރޫފަވެ ދެލޯ ވަނީ ދުޅަވެ ރަތްވެފައެވެ. ފާތިނާ ފެނުމާއެކު ނަރީމާގެ ބަޑި ފަޅައިގެން ދިޔައެވެ. ނަރީމާގެ ހާލުފެނި ފާތިނާ ހިތަށް ފުންއަސަރު ތަކެއް ކުރުވިއެވެ. ނަރީމާ އަތުލަފި ކޮށްލައިގެން ގޮސް އިށީނދެލިއެވެ. ނަރީމާ ހަމައަކަށް އެޅުމުން ފާތިނާ ސުވާލުކުރީ ހިތުގައި އުފެދުނު ޝައްކު ޔަގީން ކުރާށެވެ. އޭނާއަށް ރަށުތެރޭގައި ދެއްކި ވާހަކަތަކަކީ ހަގީގަތެކޭ ހީވި މީ ފުރަތަމަ ފަހަރެވެ.
ގިސްލަ ގިސްލާފައި ނަރީމާ ބުނި ޖުމްލައިން ފާތިނާގެ ލޯމަތީ ދުނިޔެ އެނބުރިގަތް ފަދައެވެ. ތިޔައީ ފިރާގުބެގެހޭ އަހާލިއިރު އެ އަޑުގައި އެތަކެއް އަސަރުތަކެއް އެކުލެވިފައިވިއެވެ. ނޫނެކޭބުނެ ނަރީމާއަށް ހޭރިގަނެވުނީ ގަތްލަދުންނެވެ. ފާތިނާ ނަރީމާގެ ދެކޮނޑުގައި ހިފާއި ތަޅުވައިގަތީ ދެން ކާކުގެހޭކިޔާ ހަޅޭލަވައި ގަންނަމުންނެވެ. ހެދޭނުހެދޭ ނޭނގި ތުރުތުރު އަޅަމުންދިޔަ ފާތިނާއަށް ހޭވެރިކަންވީ އޭނާގެ އިޙްތިޔާރަކާ ނުލާ ލޮލުން ކަރުނަ އޮހިގަތުމުންނެވެ. ނަރީމާ ގެނެސް އެ ދެއަތުގެ ތެރެއަށްލާ ބާރުކޮށްލިއިރު އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ފާތިނާގެ އުނގުގައި ބޯއަޅާލައިގެން އޮތް ނަރީމާގެ ވާހަކަތައް އަޑުއަހަމުން ދިޔައިރު، އޭނާ އަށް ކުށްވެރިކަމުގެ އިޙްސާސް ކުރެވެމުން ދިޔައީ ނަރީމާ އެކަނިހާލަށް އުޅެން ދޫކޮށް ލެވުނީތީއެވެ. އުފަން ދަރިއެއްފަދައިން ލޯބިވި އެ ދަރިފުޅުގެ ހާލު ބަލާނުލާ އެހާދުވަހު ހުރެވުނީތީއެވެ. އޭނާ ހޯދަން ނަރީމާ ނުދިޔައީތީވެސް އެތައް ޝަކުވާއެއް ކުރިއެވެ. ނަރީމާ އާއި ފިރާގުއޭ ކިޔާ ދާއްކާ ވާހަކަތަކުގެ އަޑު އަނެއްކާވެސް ގަދަވާން ފެށީ ނަރީމާގެ ހަށިގަނޑުން މާބަނޑުކަމުގެ ނިޝާންތައް ފެންނަން ފެށުމުންނެވެ. މީހުން ކުރާ މަލާމާތަކަށް ފަރުވާލެއް ނުބަހަށްޓާ އަމިއްލަ ދަރިއަކުހެން ފާތިނާ ދިޔައީ ނަރީމާއަށް އެހީވަމުންނެވެ.
ރާއްޖޭގައި ފެތުރެމުންދާ ބަލިތަކާ ގުޅޭގޮތުން މީހުން ހޭލުންތެރި ކުރުމަށް މާލެއިން ބަޔަކު ރަށަށް އައިސް ގޭގެއަށް ޒިޔާރަތްކޮއް ހެދި ދުވަސްވަރެކެވެ. އެގޮތުން ފާތިނާމެން ގެއަށް އައި ދުވަހެކެވެ. އެމީހުންގެ ތެރޭގައިވާ ޑރ.ވަސީމް އަކީ މީހުނާ ގުޅޭ ހިތްހެޔޮ މީހެކެވެ. ބައެއްފަހަރު ސަމާސާ ބަސްތަކުން މީހުން ހެއްވާލާ އިރު މީހުނަށް ނޭނގޭކަމަކީ އެބަސްތަކުގައި ހަގީގީ ރިހުމެއް ވާކަމެވެ. ފާތިނާގެ ކުޑަދަރިފުޅާ ސަމާސާކޮއް ތޮޅިލާގޮތުން، ޑރ. ވަސީމްގެ ކިތަށްކުދިން ތިބޭތޯ ފާތިނާއަށް އަހާލެވުނެވެ. އެއާއެކު ވަސީމްގެ މޫނުގައިވި ހިނިތުންވުން ފިލައިގެން ދިޔަތަން އެތާތިބި އެންމެނައްވެސް ފެނުނެވެ. މާހައުލު ހިމޭންވި ވަގުތުގެ ބޭނުން ފާތިނާ ހިފީ ވަރަށް ރަނގަޅަށެވެ. އެމާޔޫސްކަމުގެ ފަހަތުގައިވާނީ ކޮންކަމެއްކަން އަންދާޒާކޮށްލާ ނަރީމާގެ ވާހަކަ ފާތިނާ ހުލާސާ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ