- Advertisement -ad image

ސަނާ (ފުރަތަމަބައި)

ad image

ގުޅުންހުރި ލިޔުންތައް

ސަނާއަށް ހޭލެވުނީ ފޯން ރިންގްވާ އަޑަށެވެ. އޭރު ގަޑިން މެންދަމު އަލިވެ 3 ޖެހީއެވެ. މިހާ ދަންގަޑިއެއްގައި އެގުޅަނީފަހެ ކާކު ހެއްޔެވެ؟ އަނެއްކާ މީހަކަށް ކަމެއްވީބާއެވެ؟ ސަނާގެ ހިތުގައި އުފެދުނު ސުވާލުތައް އިތުރުވެގެން ދިޔައީ ގުޅަމުން ދިޔައީ ނުދަންނަ ނަންބަރަކަށް ވުމުންނެވެ. ލަސްނުކޮށް ފޯން ނެގިއެވެ. އެކޮޅުން ވާހަކަ ދެއްކީ ފިރިހެނެކެވެ. ” އާއިޝަތު ސަނާ ވަޖީދު ތޯ ؟. ” ” ލައްބަ ” ބޭއިޙްތިޔާރުގައި ސަނާއަށް ޖަވާބުދެވުނެވެ. ” ވަރަށް އަވަހަށް ޕޮލިސް ސްޓޭޝަންއަށް ދުރުވެދެއްވުން އެދެން! ” އަނެއްކާވެސް ވާހަކަދެއްކީ އެކޮޅުންނެވެ. މިފަހަރު ސަނާއަށް ވާހަކަދެއްކުމުގެ ފުރުސަތެއް ނުދީ އެކޮޅުން ބުނަންވީ އެތި ބުނެ ނިންމުމަށްފަހު ފޯން ކަނޑާލީއެވެ. ސަނާގެ ހިތުގައިވީ ސުވާލުތަކަށް ޖަވާބެއް ލިބުމުގެ ބަދަލުގައި އަނެއްކާވެސް އިތުރުވީ ސުވާލެކެވެ. ޕޮލިސް ސްޓޭޝަންއަށް މިއޮއް ދަންވަރު ދާން އެބުނީ ކީއްވެގެންބާ؟ އަނެއްކާ މިއީ ކޮންފަދަ ކަމެއް. ސުވާލުތަކަށް ޖަވާބު ހޯދުމަށްޓަކައި ސަނާ ޕޮލިސް ސްޓޭޝަންއަށް ދާން ތައްޔާރުވިއެވެ. ޑްރެސިންގް ޓޭބަލް މަތީ އޮތް ސައިކަލު ތަޅުދަނޑި ނަގަމުން މަންމައަށް ގުޅާލީމެވެ. ނަމަވެސް މަންމަގެ ފޯން ވަނީ ނިއްވާލާފައިކަމަށް ބުންޏެވެ. ލަސްނުކޮށް އޭނާ ޕޮލިސް ސްޓޭޝަންއާ ދިމާލަށް މިސްރާބުޖެހިއެވެ. ދިޔަ މަގުމަތީ އާދަޔާ ޙިލާފަށް މަގުމަތީގައި މީހުން ގިނަކަން ފާހަގަވިއެވެ.
ސަނާއަކީ މުއްސަނދި އާއިލާއަކަށް އުފަން ދެމަފިރިންގެ ހުރި ހަމައެކަނި ދަރިއެވެ. އެ އާއިލާ މުއްސަނދިވުމުގެ އަސްލު ވެރިއަކީ ސަނާގެ ބައްޕަ ވަޖީދެވެ. ވަޖީދަކީ ރަށެގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. ސަނާގެ އުމުރުން 18 އަހަރެވެ. ރަށުގެ ރީތި ކުދިންގެ ލިސްޓްގައި ސަނާ ހިމެނެއެވެ. ގައިގެ ހަންގަނޑު ދޮންވެފައި އޭނާގެ ރީތިކަން އިތުރު ކޮށްދެނީ ފަންފަން ދިގު އިސްތަށިގަނޑެވެ. ޕޮލިސް ސްޓޭޝަން ހުންނަނީ ރަށުގެ އަނެއްފަރާތުގައި ކަމުން ސައިކަލުގައި އެ ހިސާބަށް ދެވުނީ 10 މިނެޓުންނެވެ. އެއްފަރާތުގައި ސައިކަލު ޕާރކް ކުރުމަށްފަހު ސަނާ އެތެރެއަށް ވަނުމަށް އަވަސްވެ ގަތެވެ. އެތެރެއަށް ވަންއިރު އިތުރު ހައިރާންކަމެއް ލިބުނީ ގޮނޑީގައި އިށީންދެގެން އިން އޭނާގެ މަންމަ ފެނުމުންނެވެ. ” އަޅުގަނޑު މަންމަ އަށް ގުޅި އިރު…” ސަނާ ވަކި ހިސާބަކަށް ބުނެވުންތަނާ އޭނާގެ މަންމަ އޭނަ ގައިގާ ބައްދައިގަނެފައި ރޯން ފެށިއެވެ. ” މަންމާ؟ ” ސުވާލުން ފުރިގެންވާ ރާގަކަށް ސަނާ އޭނާގެ މަންމައަށް ގޮވާލިއެވެ. ” ބައްޕަ….. ” ސަނާގެ މަންމަ ޝަހީދާ ގިސްލަމުން ވާހަކަ ދައްކަން ފެށިއެވެ. ” ބައްޕަ ކިހިނެތް ވީ ؟ ކޮބާ ބައްޕަ ؟ ” ސަނާއަށް ވެސް ރޮވެން ފެށިއްޖެއެވެ. ވީ ކަމެއް ނޭނގުނު ކަމުގައި ވިއަސް އޭނާގެ ބައްޕައަށް ކަމެއްވެއްޖެ ކަމުގެ އިޙްސާސް އޭނާއަށް ކުރެވެން ފެށިއެވެ. ” ވަޖީދު ވަރަށް ރަޙުމު ކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނިއްޖެ! ރިޕޯޓް ލިބިފައިވާ ގޮތުން ރަށުގެ ފުއްޓަރު ފަރާތުން ހަށިގަނޑު ފެނިފައި ވަނީ. މިހާރު އަޅުގަނޑުމެންގެ ސްކޮޑްއެއް އެތާންގައި ހަރަކާތްތެރިވަމުން ދަނީ. ” ދެން ވާހަކަ ދެއްކީ ޕޮލިސް ސްޓޭޝަން އާ ޙަވާލުވެ ހުންނެވި އިސް ޕޮލިސް އޮފިސަރ ޔޫސުފްއެވެ. ” ނޫން.. ބައްޕައެއް ނޫން .. ނޫން ނޫން ” ސަނާއަށް ހީވީ އޭނާގެ ފައިތިލަ ދަށުން ބިންގަނޑު ދަމައިގަން ހެންނެވެ. އޭނާއަށް ހުރެވުން ތަން ވެސް ނޭނގޭ ކަހަލައެވެ. ނޫނެކޭ ގޮވަމުން މީހާ ބިންމަތީގައި އިށީނެވެ. ހޫނު ކަރުނަތަކުން ޖަންބެއް ފަދަ ކޯތާފަތް ތެންމަމުން ދިޔައެވެ. ” ހަށިގަނޑެއް ފެނުނު ކަމުގެ ރިޕޯޓް އަޅުގަނޑުމެންނަށް ލިބިފައިވަނީ ދަންވަރު 1 ޖެހީރު އަދި ހަށިގަނޑު އައިޑެންޓިފައި ވީ 2:30ކަށް ހާއިރު. އިނގުންހާ އަވަހަކަށް އަޅުގަނޑުމެން ތި ކޮޅަށް ކޮންޓެކް ކޮށްލީ.. މޫނު މަތި ވަނީ ތޫނު އެއްޗަކުން ހަމަލާ ދީ ސިފަ ނޭނގޭ ވަރަށް ޒަޙަމްކޮށްލާފަ އެހެންވެ ކޮން ބޭފުޅެއްކަން އެނގެން ވަގުތު ނެގީ .. ލަފާ ކުރެވޭ ގޮތުން ބޮލަށް ދީފައިވާ އަނިޔާގެ ސަބަބުން ފުރާނަ ގޮސްފައިވަނީ .. މި ރަށުގެ ކްރިމިނަލް ހިސްޓްރީއަށް ބަލައިލާ އިރު މީ އެންމެ ރަޙުމު ކުޑަކޮށް މަރާލެވުން ފުރަތަމަ މީހާ. މިކަހަލަ ކޭސް އެއް އަދި މިރަށަކުން ނުފެނޭ. ހިތްވަރުކޮށްލާ އިރާދަކުރެއްވިއްޔާ މިކަން ކުރި މީހެއް ހޯދާނަން ” އަނެއްކާވެސް ވާހަކަ ދެއްކީ ޕޮލިސް އޮފިސަރ ޔޫސުފްއެވެ. ސަނާ ހިތުގައި ބަދަލު ހިފުމުގެ ހުޅު ރޯވިއެވެ. ” އަހަރެން ބައްޕަގެ ޤާތިލުން ހޯދާނަން ” ސަނާ ހިތްވަރުކޮށްފައި ތެދުވަމުން ބުނެލިއެވެ. އޭރުވެސް ޝަހީދާ ރޮނީއެވެ.
ބައްޕަގެ ކަށުކަމާކެމީގެ ކަންތައް ނިންމާލުމަށްފަހު ސަނާ މިސްރާބު ޖެހީ ޕޮލިސް ސްޓޭޝަންއާ ދިމާލަށެވެ. ” މަންމަ ގެއަށް ގޮއްސަ ނިދާލާ އިނގޭ! އަޅުގަނޑު އެބަ އަންނަން ” ޝަހީދާ ކައިރި ގެޔަށް ދިޔުމަށް ބުނެފައި ސަނާ ސައިކަލް ސްޓާރޓް ކޮށްލިއެވެ. ” އަދި ހަމަ އެއްވެސް ކްލޫއެއް ނުލިބިގެން މި އުޅެނީ ކޮންމެއަކަސް ވަރަށް ހުޝިޔާރު ޤާތިލެއް. ކްރައިމް ސީންގަ އެންމެ އެވިޑެންސްއެއްވެސް ފެންނަން ނެތް. ނަމަވެސް ވަޖީދުގެ ވޮލެޓް އަދި މޮބައިލް ފޯން ނެތްކަން ފާހަގަވި. މަޢުލޫމާތު ލިބިފައިވާ ގޮތުން ނަމަ އޭނަ ކޮންމެތާކަށް ދިޔަ ކަމުގައިވިއަސް ފޯން އަދި ވޮލެޓް ހިފައިގެން ދާކަމަށް ވަނީ ” ޔޫސުފް ސަނާ އާ ލިބިފައިވާ މަޢުލޫމާތު ހިއްސާކުރަމުން ދިޔައެވެ. ” ލައްބަ. ބައްޕައަކީ އަބަދުވެސް މުހިންމު ކޯލްސްތައް އަންނާތީ ކޮންމެތާކަށް ދިޔަ ކަމުގައި ވިއަސް ފޯން ގެންދާނެ. އަބަދުވެސް ބުނާނެ އެންމެ މުހިންމު ކޯލް އަކީ އަޅުގަނޑުގެ ކޯލް އޭ.. ” މި ހިސާބަށް ބުނެވުންތަނާ ސަނާގެ އަރުތެރެ ބެދޭ ގޮތްވިއެވެ. ” ވޮލެޓް އާ ފޯން ގެއްލިފައިވާތީ ބެލެވެނީ ފޭރެން އުޅުމުގެ ތެރޭގައި ވަޖީދު ދެކޮޅު ހެދުމުގެ ސަބަބުން ހަމަލާ ދިނީކަމަށް ” ސަނާއަށް ފެންފުޅިއެއް ދިއްކޮށްލަމުން ޔޫސުފްއަށް ވިސްނޭ ގޮތް ބުންޏުވެ. ” އެކަމް ބައްޕަ އެހާ ދަންވެފައި ހުއްޓައި ފުއްޓަރު ފަރާތައް ދިޔުމުގެ ބޭނުމަކީ ކޮބާ؟ ބައްޕަ އަކީ 11ގެ ފަހުން ގެއިން ނިކުންނަ މީހެއް ނޫން. ނިކުތަސް މަންމަ ނުވަތަ އަޅުގަނޑު ކައިރި ބުނެފަ ދާނީ. ދިޔަޔަސް އެހާ ގިނަ އިރެއްނުވެ އަންނާނެ. ގިނަފަހަރަށް ނަސިމްބެ ކޮފީއެއް ބޯން ގުޅީމަ ދަނީ އެހެންނޫނީ ފިހާރަ ކަމަކު. ރޭގަ ވެސް ބައްޕަ ނިދަން ވަން ކޮޓަރިއަށް 11 ޖަހަނިކޮށް. އަޅުގަނޑު ސިޓިންގް ރޫމްގައި ޓީވީ ބަލަން އިނދެފަ ނިދަން ވަންއިރު ވެސް ބައްޕަ ކޮޓަރިން ނުނިކުމެ އޭރު ގަޑިން 12 ޖަހަނީ ” އާއްމު ދިރިއުޅުމުގައި ކަންތައް ހިނގަމުން ދިޔަ ގޮތާ ރޭ ކަންތައްތައް ހިނގި ގޮތް ސަނާ އަށް އިނގިފައިވާ ގޮތަށް ކިޔައިދެމުން ދިޔައެވެ. ” ބައްޕަ ގެ މަރަކީ ފޭރެން އުޅުމުގެ ތެރޭ ހިނގި މަރެއް ކަމަކަށް އަޅުގަނޑަށް ހަމަ ޤަބޫލެއްނުކުރެވޭ ” ސަނާގެ ވާހަކަ ނިންމާލަމުން އޭނާއަށް ޤަބޫލުކުރެވޭ ގޮތް ޔޫސުފްއަށް ހުށައެޅިއެވެ. ” ހޫމް އެހެންވީމާ ކޮންމެސް އެހެންކަމެއް އެބަވޭ.. އެހަށް މި ދެކެވުނު ވާހަކަތައް ސިއްރެއް ގޮތުގަ ބައިންދާ.. ރަށުތެރޭ ވާހަކަ ފަތުރާލަންޖެހޭނީ ފޭރެން އުޅެފަކަމަށް. އޭރަށް ދެން މިކަންވާން އޮތީ. ” ޔޫސުފް ވިސްނާލުމަށްފަހު ބުންޏެވެ. ދެމީހުން ވާހަކަ ދައްކާލަން އިރުކޮޅަކު ތިބުމަށްފަހު ސަނާ ގެއަށް ދިއައެވެ. ސަނާ ގެއަށް ވަންއިރު އޭނާގެ މަންމަ ފޯންއެއްގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. ސަނާ ފެނުމުން ޝަހީދާ ފޯން ކަނޑާލިއެވެ. ” އަހަ.. ދަރިފު..ދަރިފުޅު ކޮން އިރަކު އައީ ؟” ހާސްވާ ފާޑަކަށް ޝަހީދާ އެހިއެވެ. ” ދެންމެ މި އައީ.. މަންމަ ކައިފިންތަ؟ ” ސަނާ އާދައިގެ މަތިން ކުރާ ސުވާލުކޮށްލިއެވެ. ” މަންމަ ކައިފިން.. ދަރިފުޅު ކާންވީނު ” ޝަހީދާ ފުން ނޭވާއެއް ލުމަށްފަހު އެއްސެވެ. ކާ ހިތް ނެތް ކަމަށް ބުނުމަށްފަހު ސަނާ ވަނީ ކޮޓަރިއަށެވެ. ގޭތެރެއަށް ވަދެގެން ދިޔަ އިރު ބައްޕަ ނެތް ކަމުގެ އިޙްސާސް ކުރެވެންފެށިއެވެ. މިގަޑިއަކީ ބައްޕަ ޚަބަރު ބަލަން ސިޓިންގ ރޫމްގައި އިންނަ ވަގުތެވެ. ބައްޕަ އުމުރަށް ވަކިވި ކަމުގެ އިޙްސާސް ކުރެވެން ފެށުމުން ސަނާގެ ހިތުގައި ރިއްސާލިއެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިފެހެއްޓުމެއްނެތި ކޯތާފަތުގައި ބޮސްދެމުން ދިޔައެވެ. ލޯބިވާ ބައްޕަގެ ހަނދާންތައް އާވެ އާވެ ހުންނާނެކަން ޔަޤީނެވެ. ކުޑަ އިރުން ފެށިގެން މިހާތަނަށް ސަނާ ހިތުގައި ޖެހޭ އެއްޗެއް ބުނެފަނުވާތާ ބަރު ބަހެއްވެސް ނުބުނެއެވެ. ނިދޭތޯ ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ އޮވެވުނީ ކިހާ އިރެއްވަންދެން ކަމެއްވެސް ސަނާ އަށް ނޭނގެއެވެ. އެހެން އޮއްވާ އޭނާއަށް ފޯން ކޯލްއެއް އައެވެ. ގުޅަމުން ދިޔައީ އޭނާގެ ހިތުގައި ރަސްކަންކުރަމުން އަންނަ ކުއްޖާއެވެ. އޭނާ ވާ ލޯބި ހުށައަޅަން ނުކެރެނީ ދެކެފާނެ ގޮތަކާ މެދު ވިސްނާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ