ފްރާންސްގެ މޮޑެލް އަދި ރިއަލިޓީ ޝޯ ސްޓާރ މެރިން އެލް ހިމާ އިސްލާމްދީން ގަބޫލުކޮށްފިއެވެ.
މެރިން އިސްލާމްދީން ގަބޫލުކޮށް އޭނާގެ އިސްޓަރގްރާމްގައި ވަނީ އެކަން އިއުލާންކޮށްފައެވެ.
އިސްލާމްދީން ގަބޫލު ކުރުމަށްފަހު މެރިން ވަނީ ގެފުޅަށް ވެސް ޒިޔާރަތްކޮށް އުމްރާއެއްވެސްކޮށްފައެވެ. އަދި ގުރުއާން ކިޔަވާ ބަލާ ދިރާސާ ކުރާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ފްރާންސަކީ މުސްލިމުންނަށް ގޮތްތައް ހެދުމުގައާއި އިސްލާމުދީނުގެ އެކި ކަންކަމުގައި ތަފާތު ކުރުން ބޮޑު ގައުމެއްގެ ގޮތުގައި ފާހަގަކުރެވޭ ގައުމެކެވެ.
