- Advertisement -ad image

ނީނާ ބުނަނީ ނީނާ ފިލްމް ވަރަަށް ތަފާތު ވާނެ ކަމަށް!

ad image

ގުޅުންހުރި ލިޔުންތައް

އައި ފިލްމްސްގެ ކުރިއަށް އޮތް ފީޗަރ ފިލްމް “ނީނާ” ގެ ޓީޒަރ ޓްރެއިލާ އާއެކު މިފިލްމް ބެލުމުގެ ޝައުގުވެރިކަން ބޮޑުވެއްޖެއެވެ.
މިއީ ހިތްވަރުގަދަ އަންހެނަކު އޭނާގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާ ކުރިމަތިލާގޮތުގެ މައްޗަށް އިލްޔާސް ވަޙީދު (އިއްލި) ލިޔެފައިވާ ވާހަކައެކެވެ. މި ފިލްގެ ޑައިރެކްޓަރަކީވެސް އިއްލިއެވެ. ފިލްމުގެ ނަމާއި ވާހަކަ ނިސްބަތްވާ “ނީނާ”ގެ ރޯލުން ފެނިގެންދާނީ އައި ފިލްމްސްގެ ފުރަތަމަ ފީޗަރ ފިލްމް “ބަވަތި”ގެ ލީޑްރޯލުން ފެނުނު ބަތަލާ ނުޒުޙަތު ޝުޢައިބެވެ. ހަމައެހެންމެ ފިރިހެން ލީޑް ރޯލުން ފެނިގެންދާނީ މިހާރު ދިވެހި ފިލްމް އިންޑަސްޓްރީގައި ކުރިއަރަމުން އަންނަ ޝަރަފް އެވެ.

މި ފިލްމު ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓްމަހުގެ 6 ވަނަ ދުވަހުއެވެ. މިއީ އައި ފިލްމްސްގެ ދެވަނަ ފީޗަރ ފިލްމެވެ. ފިލްމުގެ 30 ޝޯވ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އައި ފިލްމްސްގެ ފުރަތަމަ ފިލްމެކޭވެސް އެއްފަދައިން މި ފިލްމަކީވެސް ބެލުންތެރިންނަށް ތަފާތު ރަހަތަކެއް ގެނެސްދޭނެ “ސަސްޕެންސް” އަދި “ތްރިލާ” ބައިތައް ހިމެނޭނެ ފިލްމެއްކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ