ބިގްބޮސް ސީޒަން 17ގެ ޓްރޮފީ ސްޓޭންޑަޕް ކޮމީޑިއަން މުނައްވަރު ފާރުގީއަށް ލިބިއްޖެއެވެ.
ރޭ އޮތް ސީޒަން ފިނާލޭގައި މުނައްވަރަށް ޓްރޮފީ ލިބުނީ އެކްޓަރ އަބީޝެކް ކުމާރު އާއި ވާދަކޮށެވެ.
ސީޒަން 17ގެ ގަދަ ފަހެއްގައި ހިމެނުނީ، މުނައްވަރު ފާރުގީ، އަބީޝެކް ކުމާރު، އަންކިތާ ލޮކަންޑޭ، މަންނާރާ ޗޯޕުރާ އަދި އަރުން ސްރީކާންތް އެވެ.
32 އަހަރުގެ މުނައްވަރަށް ވަނީ ޓްރޮފީއާއެކު 50 ލައްކަ ރުޕީސް އާއި އައު ކާރެއް ވެސް ލިބިފައެވެ. މުނައްވަރު ފާރުގީ ވަނީ 2022 ވަނަ އަހަރު ގެނެސްދިން ރިއަލިޓީ ޝޯ ‘ލޮކް އަޕް’ގެ ޓްރޮފީވެސް ހޯދާފައެވެ.
ބިގްބޮސް ސީޒަން 17 ދައްކަން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ.