- Advertisement -ad image

ލަވަޔާއި ޅެމަކީ މުސްކުޅި އުމުރުގައި ރަނގަޅު ހަނދާނާއި ގުޅިފައިވާ ކަމެއް: ދިރާސާ

ad image

ގުޅުންހުރި ލިޔުންތައް

މިއުޒިކް އިންސްޓްރޫމެންޓެއް ކުޅުން، ލަވަ އަދި ޅެން ކިޔުމަކީ މުސްކުޅި އުމުރުގައި ހަނދާން ކުރުމާއި ވިސްނުމުގެ ހުނަރު ރަނގަޅުވުމާއި ގުޅިފައިވާ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެގްޒެޓާ ޔުނިވާސިޓީގެ ދިރާސާގައި 40 އަހަރުން މަތީގެ މީހުންގެ ސިކުނޑި ރަނގަޅުވުމާ ޕިއާނޯ ގުޅިފައިވާކަން ވަނީ ހޯދާފަ އެވެ. އެ ދިރާސާގައި ހާހަކަށްވުރެ ގިނަ އުމުރުން ދޮށީ މީހުންގެ ޑޭޓާ ދިރާސާކޮށް، މިއުޒިކްގައި ބައިވެރިވުމުގައި އެ މީހުންގެ ތަޖުރިބާ ހުރީ ކިހާ ވަރަކަށްތޯ ބެލި އެވެ.

ސައިންސްވެރިން ވަނީ އެމީހުންގެ ސިކުނޑީގެ ދުޅަހެޔޮކަން ދިރާސާކޮށްފަ އެވެ. އޭގެ ތެރޭގައި އެގްޒެކެޓިވް ފަންކްޝަންގެ ނަމުން ނަންދީފައިވާ މަސައްކަތްތައް ރޭވުމާއި ފޯކަސް ކުރުމާއި ހަނދާން ކުރުމާއި ޖަގްލިން ކުރުމަށް އެހީތެރިވެދޭ ނަފްސާނީ ޕްރޮސެސްތައް ހިމެނޭ ކަމަށާއި އިންސްޓްރޫމެންޓެއް ކުޅޭ މީހުންނަށް އޭގެން މާ މަތިން މާކްސް ލިބިފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.

ލަވަ އާއި ޅެން ކިޔުމަކީ ވެސް ސިކުނޑީގެ ދުޅަހެޔޮކަން ރަނގަޅުކުރުމާ ގުޅިފައިވާ ކަމެއް ނަމަވެސް ސައިންސްވެރިން ބުނަނީ މިކަމުގައި ގްރޫޕެއްގައި ހިމެނުމުގެ އިޖުތިމާއީ ދައުރެއްވެސް އަދާކޮށްފާނެ ކަމަށެވެ.

ޔުނިވާސިޓީ އޮފް އެގްޒެޓާގެ ޑިމެންޝިއާ ރިސާޗްގެ ޕްރޮފެސަރު އޭން ކޯބެޓް ވިދާޅުވި ގޮތުގައި މިއުޒިކްގެ ސަބަބުން ސިކުނޑީގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކަށް ވަރަށް ގިނަ ދިރާސާތަކުން ބަލާފައިވެ އެވެ. އަދި މި ދިރާސާއިން ޕްރޮޓެކްޓް ސްޓަޑީގެ ސަބަބުން އުމުރުން ދުވަސްވީ މީހުންގެ ބޮޑު ގްރޫޕެއްގައި ކޮގްނިޓިވް ޕާފޯމަންސް އާއި މިއުޒިކާ ދެމެދު އޮތް ގުޅުން ދެނެގަތުމުގެ ވަރަށް ހާއްސަ ފުރުސަތެއް ލިބުނުކަމަށް ކޯބެޓް ވިދާޅުވި އެވެ.

މިކަމާއި ގުޅޭގޮތުން ތަހުގީގު ކުރުމަށް އިތުރު ދިރާސާތަކެއް ކުރަން ޖެހިފައިވީ ނަމަވެސް، މި ހޯދުންތަކުން އެނގެނީ މިއުޒިކް އެޑިއުކޭޝަން ޕްރޮމޯޓް ކުރުމަކީ ސިކުނޑީގެ ސިއްހަތަށް ރައްކާތެރިކަމުގެ ލައިފްސްޓައިލެއް ޕްރޮމޯޓް ކުރުމަށް އަގުހުރި ބައެއް ކަމަށާއި އަދި އުމުރުން ދުވަސްވީ މީހުން ފަހުން މިއުޒިކަށް އެނބުރި އައުމަށް ލިބޭ ހިތްވަރެއް ކަމަށް ކޯބެޓް ވިދާޅުވި އެވެ.

ޑިމެންޝިއާ ހުންނަ މީހުންނަށް މިއުޒިކް ގްރޫޕްގެ ހަރަކާތްތަކުން ފައިދާ ކުރާނެ ކަމުގެ ވަރަށް ގިނަ ހެކި އެބަހުރި ކަމަށާއި، އުމުރުން ދުވަސްވީ މީހުންނަށް މުސްކުޅިވާއިރު ދިމާވާކަންކަމުން ދުރުވުމަށް މި އެޕްރޯޗް ފުޅާކުރެވިދާނެކަމަށް ދިރާސާގައި ވަނީ ބުނެފަ އެވެ.

ޑިމެންޝިއާ ޔޫކޭގެ އެޑްމިރަލް ނަރުސް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ ޑައިރެކްޓަރު ކެރޮލީން ސްކޭޓްސް ވިދާޅުވި ގޮތުގައި މި ދިރާސާގެ ނަތީޖާ އަކީ ރަނގަޅު ނަތީޖާތަކެކެވެ. އަދި ޑިމެންޝިއާ ހުންނަ މީހުންނަށް މިއުޒިކް އަޑުއެހުމާއި ކުޅުމުން ލިބޭ ފައިދާތަކާ ބެހޭ ގޮތުން ވެސް އެފަދަ ދިރާސާތަކެއް ކުރާ ކަމަށް ވިދާޅުވި އެވެ.

“ޑިމެންޝިއާ ހުންނަ މީހުންނަށް މިއުޒިކަކީ ވަރަށް އަގުހުރި މުވާސަލާތީ ވަސީލަތެއް ފޯރުކޮށްދޭ އެއްޗެއް. މިއުޒިކް އަޑުއެހުމާ، އެމީހާގެ ދިރިއުޅުމުގެ ފަހު މަރުހަލާގައި ވެސް ގުޅުމެއް އޮވެދާނެ. މިއުޒިކް ހެދުމުގެ ނުވަތަ ކުޅުމުގެ ޤާބިލުކަން – ލަވަކިޔުމުން ވިޔަސް ނުވަތަ އިންސްޓްރޫމަންޓެއް ކުޅެގެން ވިޔަސް – ޑިމެންޝިއާ ޖެހިފައިވާ މީހުންގެ އެހެނިހެން ޤާބިލުކަމާއި މުވާސަލާތީ ވަސީލަތްތައް ގެއްލުނު ނަމަވެސް ކުރިއަށް ގެންދެވިދާނެ.”

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ