ރަހުމަތްތެރިއަކު ނުވަތަ ލޯބިވާ މީހަކު ރުޅި އައިސްފިނަމަ ވީހާވެސް އަވަހަކަށް ހާލަތު އޮޅުންފިލުވަން ބޭނުންވުމަކީ ގުދުރަތީ ކަމެކެވެ. ރުޅިވެރިކަމަކީ ހެކިދޭން އުނދަގޫ އިހުސާސެކެވެ. ރުޅި އައިސްފައި ތިބޭ މީހުންނާ މެދު ވިސްނާ އެމީހުންނަށް ރަނގަޅު އިހުސާސްތަކެއް ކޮށްދިނުމަށް އެހީތެރިވުމަކީ މުހިއްމު ކަމެކެވެ. ހިތާމައަކީ ރަނގަޅު ވާހަކައެއް ބުނަން ކުރާ މަސައްކަތުގައި އަނެއް މީހާ އަޑުއަހަން ނުޖެހޭ އެއްޗެއް ބުނުމުން ކަންކަން އިތުރަށް ގޯސްވެގެން ދާކަމެވެ.
އެހެންކަމުން، ރުޅި އައިސްފައި ހުންނަ މީހަކާއި ވާހަކަދައްކާއިރު ވިސްނަންޖެހޭ ބައެއް އަސާސީ އުޞޫލުތަކަކީ ކޮބައިހެއްޔެވެ؟
ޢާންމުގޮތެއްގައި މީހެއްގެ ރުޅިމަޑުކުރުމަށް ވާހަކައެއް ދެއްކުމަށް ޓަކައި އޭނާ ފެންނަ ހިސާބުގައި ހުރުން މުހިއްމެވެ.\މެރީލޭންޑްގެ ޓޯސަންގައި ސައިކޮތެރަޕީ ލައިސަންސް ލިބިފައިވާ ކްލިނިކަލް ސޯޝަލް ވޯކަރެއް ކަމަށްވާ ކިމްބާލީ ޕާލިން ބުނަނީ އެއްވެސް ވަން އަޕްމަންޝިޕަކުން ވެސް ދުރުހެލިވުމަށެވެ. އަދި ތިމާގެ މަތިވެރިކަން ނުވަތަ އަނެކާގެ ނިކަމެތިކަން ސިފަވާގޮތަށް އެފަދަ ހާލަތްތަކުގައި ވާހަކަ ނުދެއްކުމަށެވެ.
ރުޅި އައިސްފައި ހުރި މީހަކަށް އެހީތެރިވާން ބޭނުންވާ ނަމަ ތިރީގައި މިވާ އިބާރާތްތައް ދޭހަވާ ގޮތަށް ވާހަކަދެއްކުމުން ދުރުވާންޖެހެ އެވެ.
1- “ކަލޭ މާ ކަންތައް ބޮޑުކޮށްލަނީ (އޯވާރިއެކްޓިން) / ކަލޭ މާ ސެންސިޓިވް”
ތިބާއަށް ހީވަނީ އެމީހާ އޯވާރިއެކްޓް ކުރާހެންނެވެ. ފަހަރެއްގައި ހަމަ އެހެންވެދާނެ އެވެ. އެކަމަކު އެއީ މިވަގުތު އެމީހުން އަޑުއަހަން ޖެހޭ ވާހަކައެއް ނޫނެވެ. އެމީހުންނަށް އިހްސާސްކުރެވޭ ކޮންމެ ކަމަކީ އެމީހުންނަށް ހަގީގަތެކެވެ. އެ އިހުސާސްތައް ބޭރުވާ ފަދަ ވާހަކައެއް ދެއްކުމަކީ ވަރަށް ގޯސްކަމެކެވެ.
2- “ކަލޭ ހަމައަކަށް އެޅެންދެން އަހަރެން އަޅާނުލާނަން.”
މި ޓެކްޓިކް އުފެދެނީ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް އެދުމުން ނުވަތަ މުއާމަލާތް ނުކުރެވުމުގެ ސަބަބުންނެވެ. ނަމަވެސް ގިނަ ފަހަރަށް ވާހަކަދެއްކުމުގެ މައްޗަށް ކޮންމެވެސް ވަރެއްގެ ބާރެއް ފޯރުވުމަކީ ސިއްހަތަށް ނުރަނގަޅު ގޮތެކެވެ.
ޕަޓޭލް-ޑަން ވިދާޅުވި ގޮތުގައި މީހަކު މާޔޫސްވިޔަސް ނުވަތަ ގަދަ އިހުސާސްތަކެއް ތަޖުރިބާ ކުރި ނަމަވެސް ހިމޭން ފަރުވާ ދިނުމަކީ ހަރުދަނާ ގޮތެއްގައި އޮޅުވާލުމެކެވެ. އެހެންވީމާ، އާގިއުމެންޓަކުން ބްރޭކްވުމަކީ ތިމާގެ ވިސްނުން އެއްކުރުމަށް ރަނގަޅު ގޮތެއް ނޫނެވެ. ރަނގަޅު ސަބަބުތަކަށްޓަކައި އެކަން ކުރާކަން ޔަޤީންކުރާށެވެ.
3- “މިގޮތަށް ޢަމަލުކުރަމުން ގެންދާނަމަ އޭގެ ނަތީޖާ ފެންނާނެ”
އަލްޓިމެޓަމްސް އަކީ ދުވަހަކުވެސް ޒުވާބެއް ހުއްޓުވޭނެ މަގެއް ނޫނެވެ. ހަގީގަތުގައި އާންމުގޮތެއްގައި އޭގެ އަސަރު ކުރާނީ އެއާ ޚިލާފަށެވެ. އަނެއް މީހާއަށް ތިބާގެ ބަސްތަކުން ޕްރެޝަރު ކުރެވޭނީ ހަމައެކަނި ހަރުކަށިކޮށް ރިއެކްޓްކޮށްގެން ކަމަށް ވެދާނެއެވެ. އަދި ޙަޤީޤަތުގައި މައްސަލަ ޙައްލުނުކޮށް، އޭގެ ނަތީޖާއިން ސަލާމަތްވުމަށް އެމީހުން އެއްބަސްވެދާނެ އެވެ.
ޕަޓޭލް-ޑަން ވިދާޅުވި ގޮތުގައި ވާހަކަ ތައް އިތުރަށް ހޫނުވެ، ނުތަނަވަސްކަން އުފެދޭ ހެން ހީވާނަމަ އެންމެ ރަނގަޅު ގޮތަކީ ދެ ފަރާތަށް ފިނިވުމުގެ ފުރުސަތު ލިބުނު ދަނޑިވަޅެއްގައި އެ ހާލަތުން ދުރުވެ، ފަހުގެ ތާރީހެއްގައި މަޝްވަރާ އަލުން މުރާޖައާ ކުރުމެވެ.
4- “ކަލޭ މޮޔަވެގެން ތިއުޅެނީ.”
“މޮޔަ” މި ލަފުޒަކީ މީހާ ނަފްސާނީ ގޮތުނ ވަރަށް ބޮޑަށް ބަލިކަށިކޮށްލާ ލަފްޒެކެވެ. ލައިސަންސް ލިބިފައިވާ ކްލިނިކަލް ސޯޝަލް ވޯކަރެއް ކަމަށްވާ ލެސްލީ ކޫޕެލް ބުނި ގޮތުގައި އެމީހުންގެ ރުޅިވެރިކަން އިތުރުވެފައިވާ ހާލަތުގައި މިއީ އަލިފާނަށް ދަރު އެޅުން ކަހަލަ ކަމެކެވެ..
5- “ދެން އަހަރެން ކީއްކުރަންވީ؟”
މި ޢިބާރާތް ބޭނުންކުރާއިރު، އަނެއްމީހާ އަށް ކުށްވެރި އިހްސާސެއް ކުރެވޭނެ އެވެ. އެމީހުންގެ ރުޅި ހައްލުކުރުމަކީ ތިބާގެ މައްސަލައެއް ނޫން ކަމަށާއި އެމީހުން ކަންކަން އަމިއްލައަށް ބެލެހެއްޓުމަށް މި އިބާރާތުން ދޭހަވެއެވެ. . އަދި އިހުސާސްތައް ރަނގަޅު ކުރަން ޖެހޭ ކަމަށް ވެސް ގަބޫލު ކުރެވެ އެވެ.. ބައެއް ފަހަރު ރުޅިވެރި އިހުސާސްތައް ދޫކޮށްލަން ޖެހެއެވެ- ވީހާވެސް ހަމަހިމޭން ގޮތަކަށެވެ.
6- “ކަލޭ ތި ބުނީ ނުބައިކޮށް..”
މީހަކު ރުޅި އައިސްފިނަމަ، އެމީހަކީ ގޯސް މީހެއްކަމަށް ބުނުމަކީ، މައްސަލައިން އެއްކިބާވެ، ހަމައެކަނި ދެބަސްވުން އިތުރަށް ކުރިއަށް ގެންދާނެ ރައްކާތެރިކަމުގެ އިންސްޓިންކްޓެއް އުފައްދައިދޭ ކަމެކެވެ. މިއީ އަނެއް މީހާ ޑިފެންސިވްކޮށް ލައިގެން ކޮންމެ ހާލަތެއް ވެސް އެކަން އިތުރަށް ގޯސްކުރެވޭނެ ޔަގީން މަގެކެވެ. މިހެން ބުނުމުން އެމީހުންގެ ޒުވާބު ކުރުމަށް އެ އުފެއްދެނީ ދެވަނަ ކަމެކެވެ.
- “ކަލޭ ތިއުޅެނީ ހަމަ…..”
އެއީ އެކުދިންގެ މަންމަ ކަމުގައި ވިޔަސް، ބައްޕަ ވިޔަސް، ނުވަތަ އެމީހެއްގެ ނަމަކީ އެމީހުންނަށް ޓްރިގަރަކަށް ވެދާނެ މީހަކު ކަމުގައި ވާނަމަ، އެމީހުންނާ ދެބަސްވާ ނުވަތަ ކޮމްޕްލިކޭޓެޑް ގުޅުމެއް އުފެދިދާނެ މީހަކާ އަޅާކިޔުމަކީ، ދެބަސްވުން އިތުރަށް ހޫނުވެ، އެމީހުން އިތުރަށް ރުޅިއަންނާނެ ކަމެކެވެ.. “ސީދާކޮށް ބުނަންޏާ، މިއީ ހަމައެކަނި ހަނގުރާމަވެރި ބަސްތަކެއް، އަދި ދުވަހަކުވެސް އެހީއެއް ނުވާނެ،” ކޫޕެލް ބުންޏެވެ. އެއީ ނަން ގޮވުމުގެ ވާޝަނެއް ކަމަށާއި އަނެއް މީހާ ތިރިކޮށްލާނެ ގޮތެއްކަމަށް އޭނާ ވަނީ ބުނެފަ އެވެ.
8- “ކޮބާ ކަލޭގެ މައްސަލައަކީ؟”
ރުޅި އައިސްފިނަމަ ޑިފެންސިވް އިހުސާސްވެ އަމިއްލަ ނަފްސު ހިމާޔަތްކުރަން ޖެހޭ ކަމުގެ އިހުސާސްވެސް ކުރެވެއެވެ. އެ ޑިފެންސިވް އެދުމުގެ ސަބަބުން އެމީހުން އިތުރަށް ހަޅޭއްލަވައިގަތުމުގެ ފުރުސަތު އޮންނާނެ އެވެ.
9- “ރަނގަޅު ކަންތަކާއި ދޭތެރޭ ވިސްނަބަލަ”
ރުޅިގަދަ މީހާގެ ވިސްނުން ހިންގަނީ ހަމައެކަނި އެމީހެއްގެ އިހުސާސްތަކުންނެވެ. އެހެންވީމާ، ލޮޖިކަލީ، އެބޭފުޅުންނަށް ހެޔޮވިސްނުމަށް އެދުމަކީ ރަނގަޅު ވިސްނުމަކަށް ވިޔަސް، އެބޭފުޅުންނަކީ ގާތްގަނޑަކަށް މުޅިން ވެސް އެކަމަށް ކުޅަދާނަ ބައެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން މި ލަފުޒު ހީވަނީ ނިކަމެތިކޮށް، އެމީހުންނަށް އިހުސާސް ކުރެވެނީ ނުވަތަ ވިސްނަނީ ކިހިނެއްކަން ނޭނގޭ ހެންނެވެ.
10- “ކަލޭ ހިމޭންވެބަލަ…”
މި އެދުމަކީ ބޭކާރު ކަމެއްގެ އިތުރުން ނުކުރެވޭނެ ކަމެއްވެސް މެއެވެ. ރުޅިއައުމަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް އިޖާބަ ދޭ ކަމެކެވެ. ވަގުތުން އެމީހުންނަށް ހަމަޖެހުމެއް ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. ލިރާ ޑި ލާ ރޯޒާ ބުނި ގޮތުގައި މީހަކު “ހަމަހިމޭންވާން” ބުނުމަކީ އެއްވެސް އަސަރެއް ކުރާނެ ކަމެއް ނޫނެވެ. ހީވާ ފަދަ ނުރައްކާތަކުން ނުވަތަ ނުރައްކަލުން ސަލާމަތްވުމަށް ހަށިގަނޑު ތައްޔާރަށް އޮތުމުން އެމީހާގެ ހަށިގަނޑާއި ސިކުނޑި ހަމަހިމޭންކަން ނުވަތަ ހިތްހަމަޖެހުން ލިބޭ ތަނަކަށް ނުދެވިދާނެއެވެ.
މި ބުނި ކޮންމެ ވާހަކައެއް ވެސް ކިޔަން ސާފުކޮށް ފެންނަން ހުރި ނަމަވެސް އެވާހަކަތައް ނުބުނަންވީ ކީއްވެކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ. ރުޅި ގަދަ މީހަކާ މުއާމަލާތް ކުރާއިރު ތިބާގެ ޝައުގުވެރިކަމަކީ ނެގެޓިވް، ކޮންޓްރޯލިން ނުވަތަ ގޭސްލައިޓިން ލަފުޒުތައް ބޭނުން ކުރުން ކަމަށް ވަންޏާ، ކީއްވެތޯ އަމިއްލަ ނަފްސާ ސުވާލު ކުރަން ވާނެ އެވެ.
އަދި ރުޅިވެރިކަމަކީ ގިނަފަހަރަށް ބޮޑީގާޑެއްކަން ވެސް ހަނދާނުގައި ބަހައްޓަން ޖެހެއެވެ. މީހަކު ރުޅި އައިސްގެން ނުވަތަ ނުތަނަވަސްވާ ހިނދު، އެތަނުގައި މައިގަނޑު އިހުސާސްތައް ގިނަވާނެ އެވެ. އޭގެ ތެރޭގައި ހިތާމައާއި މާޔޫސްކަން ހިމެނެއެވެ. ރުޅިވެރިކަމުގެ ބަދަލުގައި އެ އިހުސާސްތަކަށް ޓާގެޓް ކުރަން މަސައްކަތް ކުރާށެވެ.